ދިވެހި ގައުމުގެ ޒުވާނުން އިދިކޮޅު ޕީޕިއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު އާއެކު ތެދުވަންޖެހޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ފުވައްމުލަކު ސިޓީގައި މިރޭ ބޭއްވި ޕީޕިއެމް-ޕީއެންސީގެ ރިޔާސީ ކެމްޕޭން ޖަލްސާގައި ވާހަކަ ދައްކަވަމުން ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ މިއަދުގެ ޒުވާނުން އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު އާއެކު ތެދުވަންޖެހޭ ކަމަށާއި އެމަނިކުފާނަކީ ވޭތުވެ ދިޔަ 10 އަހަރުގެ ތެރޭގައި ރާއްޖެއަށް އައި އުމްރާނީ ތަރައްގީގެ އެއް މޭސްތިރިޔާ ކަމަށެވެ.

މުއިއްޒަކީ އިހުލާސްތެރި މަސައްކަތްތަކެއް ގައުމަށްޓަކައި ކުރައްވާފައި ހުރި އިލްމީ ބޭފުޅެއް ކަމަށް ޝަހީމް ވިދާޅުވިއެވެ. ޝަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދާން ޖެހޭ ސަބަބެއް ނެތްކަމަށާއި، ރައްޔިތުން ވޯޓު ދޭންވީ މުއިއްޒަށް ކަމަށެވެ. އެގޮތުން މުއިއްޒުހާ ސާފު ކެންޑިޑޭޓެއް ލިސްޓުގައި ނެތްކަމަށާއި، މުއިއްޒު ވެގެން ދާނީ އިލްމީ ބޭފުޅުންނާއި އެކު ގައުމު ހިންގާނެ ވެރިއަކަށްކަމަށް ޝަހީމް ވިދާޅުވި އެވެ. ޝަހީމް ވިދާޅުވީ މުއިއްޒު ރާއްޖޭގެ މިނިވަންކަން ދަމަހައްޓަވާނެ ކަމަށާއި މިނިވަންކަން ކޮމްޕްރަމައިޒް ކުރާވަރުގެ ކަމެއް އެމަނިކުފާނު ނުކުރަށްވާނެ ކަމަށެވެ.



"ވިލާތުން، ޕީއެޗްޑީ ހައްދަވާފަ، ރައީސް ޔާމީން އެންޑޯޒް ކުރެއްވީމަ ނުޖެހޭ ޗުކުުޗުކު ލައްވާކަށް، އެހެންވީމަ އިލްމަށް އިހުތިރާމު ކުރުމުގެ ގޮތުން އެބަޖެހޭ، ޑރ. މުއިއްޒާއިއެކު ކުރިޔަށް ދާން،" ޝަހީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން