ޖުމްހީރީ ޕާޓީގެ ސްލޮޓެއްގައި މިސަރުކާރުގެ ޓުއަރިޒަމް މިނިސްޓަރުގެ މަޤާމަށް ވަޑައިގެން ހުންނެވި ޑރ. ޢަބްދުﷲ މައުސޫމް އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.

މިނިސްޓަރ މައުސޫމް އެމްޑީޕީއަށް ސޮއިކުރެއްވީ ރޭ ސޯލްޓް ކެފޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ. ޑރ.މައުސޫމްގެ މެމްބަރޝިޕް ފޯމާއި ހަވާލުވެވަޑައިގަތީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙެވެ.



ޑރ.މަޢުޞޫމް ޖުމްހޫރީ ޕާޓީގެ ސްލޮޓުގައި ޓުއަރިޒަމް މިނިސްޓަރުކަމަށް ވަޑައިގެންނެވި ނަމަވެސް ފަހުން އެޕާޓީގެ ޙަރަކާތްތަކުން އެއްގޮތަކަށްވެސް ނުފެނެއެވެ. ޑރ. މައުޞޫމް ވަނީ މިމަހުގެ 7 ވަނަ ދުވަހު އެޕާޓީން ވަކިވެވަޑައިގެންފައެވެ. އަދި މިފަހަރުގެ ރިޔާސީ އިންތިޚާބުގައި އޭނާ ތާޢީދުކުރައްވާނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށްކަމުގައި ކުރިންވެސް ވަނީ ވިދާޅުވެފައެވެ.

މިސަރުކާރުގެ އެންމެ ފުރަތަމަ ޓުއަރިޒަމް މިނިސްޓަރަކީ ޢަލީ ވަޙީދެވެ. ޢަލީވަޙީދަކީވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި އެމަޤާމަށް ޢައްޔަންކުރެއްވި ބޭފުޅެކެވެ. އޭނާއާމެދު ތުމުމަތުކުރެވުނު ޖިންސީ ގޯނާގެ މައްސަލައާއެކު އޭނާ މަޤާމުން ވަކިކުރައްވައި އެމަޤާމަށް ޑރ. މައުސޫމް ޢައްޔަންކުރެއްްވީއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން