ހޯރަފުށީ މަގުހެދުމުގެ މަޝްރޫޢުގެ މަސައްކަތުގެ 91 ޕަސެންޓް ނިމިއްޖެ ކަމަށް އެ މަސައްކަތްކުރާ އެމްޓީސީސީން ބުނެފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫޢުގެ މަސައްކަތް ތަކުގެ ތެރެއިން ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާއިރު، މަގުބައްތި ހަރުކުރުމުގެ މަސައްކަތުގެ 70 އިންސައްތަ މިހާރު ނިމިފައިވާ ކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ހޯރަފުށީގެ 11 މަގެއްގެ 5,303 މީޓަރު ދިގުމިނުގެ ސަރަހައްދެއްގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ.

އަދި، 11,113.80 (އެގާރަހާސް އެއްސަތޭކަ ތޭރަ ޕޮއިންޓް އަށެއް ސުމެއް) އަކަ މީޓަރުގެ ސަރަހައްދެއްގައި ދުވާރު ހެދުމާއި، ފެންހިންދާ ނިޒާމު ގާއިމުކުރުމާއި، މަގުބައްތި ހަރުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުގެ ދަށުން، 32,821 އަކަ މީޓަރުގެ ދުއްވާ ސަރަޙައްދު ހެދުމާއި، 11,736 އަކަ މީޓަރުގެ ސަރަޙައްދެއްގައި ދުވާރު ހެދުމާއި، 16,950 މީޓަރުގެ ކަރބްސްޓޯން ޖެހުމާއި، އިލެކްޓްރިކަލް ޖަންކްޝަން ފޮށި ހަރުކުރުމާއި، މަގުމަތީ ސައިން ބޯޑު ހަރުކުރުމާއި، މަގުމަތީ ނިޝާން ހަރުކުރުމާއި، 2,568 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމުގެ މަސައްކަތާއި، ބަނދަރު މަގުގެ ވޭރިއޭޝަން މަސައްކަތްތައް ހިމެނެއެވެ.



މި މަޝްރޫޢަކީ 73.83 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން