ހުޅުމާލެ ފޭސް 2 އިން ގެއްލުނު މީޙާ މާލެއިން ފެނިއްޖެ ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން ހާމަކޮށްފިއެވެ.

އޭނާ ފެނުނު އިރު، ޙާލު ރަނގަޅުކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުންދިޔަ ހއ. ބާރަށް ސައިނިންގ ސްޓަރ، މުޙައްމަދު ތަޢުފީޤު (35އ) މިއަދުގެ ވަގުތެއްގައި ފެނުނީ މާލޭގައި ހުއްޓާ ކަމަށެވެ.

އާއިލާއަށް އޭނާގެ ޚަބަރެއް ނުވެގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ ހުކުރު ދުވަހުގެރޭ 1:35 ހާއިރު ކަމަށް ފުލުހުން މަޢުލޫމާތުދީފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން