ބޭންކްތަކުން ކުރިމަތިކުރުވާ ދަތިތައް ނައްތާލައި ކަނޑައެޅިފައިވާ ލިމިޓްތަކަށް ލުއިފަސޭހަތައް ގެނެސްދެއްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އދ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އދ. މަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ އަމިއްލަ އެކައުންޓުން ފައިސާ ނެގުމަކީވެސް ވަރަށް ދަތި ކަމަކަށް ބޭންކްތަކުން ހަދާފައިވާ ކަމަށެވެ. އަދި އަމިއްލަ އެކައުންޓުން ބޭނުން ވަރަކަށް ޑިޕޮޒިޓްކޮށްފައި ހުރި ފައިސާ ނެގުމުގައި ލިމިޓްތައް ދަތި ގޮތަކަށް ކަނޑައަޅާފައި އޮތުމުން ރައްޔިތުމީހާއަށް އެކަމުން ތަކްލީފުތަކެއް ލިބޭ ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެމީހާގެ ފައިސާ އެމީހަކު ދޭނެ މީހަކަށް ދެވެން ޖެހޭނެ،، އެމީހެއްގެ އެކައުންޓުން ބޭނުންވަރަކަށް ކޭޝް ނެގެންޖެހޭނެ، ޑިޕޮޒިޓް ކުރަންޏާ ޑިޕޮޒިޓް ކުރެވެން ޖެހޭނެ. މިއިން ކޮބާތޯ މައްސަލައަކީ؟ މަނީ ލޯންޑަރިންގގެ މައްސަލައެކޭ ކިޔައިގެން މީހުންނަށް އުނދަގޫ ކުރަނީ މިއީ ކޮން ކަމެއްތޯ،" ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ވެރިކަމެއްގައި ވިޔަފާރިތަކާއި އަމިއްލަ ފަރާތްތަކުގެ ފައިސާ ހިފަހައްޓާ ބޭންކުތަކުން ކުރިމަތިކުރުވާ ދަތިތައް ނައްތާލައި ޚިދުމަތް ހޯދުމުގައި ފަސޭހަ ނިޒާމެއް ތައާރަފް ކުރުމަށް ވައުދުވެވަޑައިގެންނެވިއެވެ.

މި ޖަލްސާގައި ވާހަކަދައްކަވަމުން ގާސިމުގެ ކެމްޕޭން މެނޭޖަރ، ކުރީގެ ޓޫޒިޒަމް މިނިސްޓަރ ޢަލީ ވަހީދު ވިދާޅުވީ ގާސިމަކީ ހުރިހާ ކަމަކަށްވެސް ހައްލު ހޯދާދިނުމުގައި ގާބިލު ބޭފުޅެއް ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން