ދަ ޑިމޮކްރެޓްސް، މޯލްޑިވްސް ނޭޝަނަލް ޕާޓީ، އަދި ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަޞީރު ނޫން އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރަމުންދާކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބު 2023ގެ ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގައި، ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރުން މިރޭގެ 10:00 އާ ހަމަޔަށް ކުރިޔަށް ދާނެކަމަށެވެ. އަދި ދަ ޑިމޮކްރެޓްސް، މޯލްޑިވްސް ނޭޝަނަލް ޕާޓީ، އަދި ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަޞީރު ނޫން އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ސޮއިކުރަމުން އެބަގެންދާ ކަމަށްވެސް ކޮމިޝަނުން ބުނެފައި ވެއެވެ.

ކޮމިޝަނުން ބުނީ ލިސްޓުތައް ފޮނުވަންޖެހޭ މަރުކަޒުތަކަށް ފޮނުވުމަށްޓަކައި ޕެކް ކުރުމުގެ މަސައްކަތް މާދަމާ ކުރިޔަށް ދާނެކަމަށެވެ. އަދި ވޯޓު ކަރުދާސް ޗެކްކޮށް ޕެކް ކުރުމުގެ މަސައްކަތްވެސް ބާރަށް ކުރިޔަށް އެބަދާކަމަށްވެސް ކޮމިޝަނުން ބުނެއެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހުންނަށެވެ. ޤާނޫނުގައި އޮންނަގޮތުން ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ.



އަންނަމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެއެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި މަންދޫބުންގެ ހައިސިއްޔަތުން ހަރަކާތްތެރިވުމަށް 1،700 އަށްވުރެ ގިނަ މީހުން ވަނީ ފޯމު ހުށަހަޅާފައެވެ.

މިއީ ރާއްޖޭގައި މިހާތަނަށް އެންމެ ގިނަ ކެންޑިޑޭޓުން ބައިވެރިވާ ރިޔާސީ އިންތިހާބެެވެ. އެގޮތުން މި އިންތިހާބުގައި 8 ކެންޑިޑޭޓަކު ވާދަކުރައްވައެވެ. އޭގެތެރޭގައި ހިމެނެނީ ސިޔާސީ ޕާޓީގެ ޓިކެޓްގައި ރިޔާސީ ރޭހަށް ނިކުމެވަޑައިގަތް 5 ކެންޑިޑޭޓަކާއި އަމިއްލަ ގޮތުން ވާދަކުރާ 3 ކެންޑިޑޭޓުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން