ތިމާއަކީ ކާކުކަން ތިމާއަށް ނޭނގުމަކީ ވެރިކަން ނިމުމުގެ ނިޝާނެއްކަމަށް މާފަންނު ހުޅަނގު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހްމީ ވިދާޅުވެއްޖެއެވެ.

އިންތި މިހެން ވިދާޅުވީ ބަދަލު ކުޅުންތެރިން ލައިގެން ޑިމޮކްރެޓްސްއަށް ކާމިޔާބެއް ނުލިބޭނެކަމަށް ވިދާޅުވެ ރައީސް ޞާލިޙް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވަމުންނެވެ.

ރައީސް ސާލިހަށް ރައްދު ދެއްވަމުން އިމްތިޔާޒް ވިދާޅުވީ ތިމާއަކީ ކާކުކަން ތިމާއަށް ނޭނގޭ ހިސާބަށް ދިއުމަކީ ވެރިކަން ނިމުމުގެ ނިޝާނެއްކަމަށެވެ.

"އެ ވިދާޅުވި އެއް ބަސްފުޅަކީ ބަދަލު ކުޅުންތެރިން ލައިގެން ޑިމޮކްރެޓްސްއަށް ކާމިޔާބެއް ނުލިބޭނެކަމަށް. މަނިކުފާނަކީ ކޯއްޗެއްތޯ 2018 ވަނަ އަހަރު. ކޯއްޗެއްތޯ އެއީ" ރައީސް ސާލިހަށް ފާޑު ވިދާޅުވަމުން އިންތި ވިދާޅުވިއެވެ.

އިންތި ވިދާޅުވީ ވާހަކަ ދައްކަވާއިރު ތިމާއަކީ ކޯއްޗެއްކަން ނޭނގޭ ހާލަތަށް ބައެއް ބޭފުޅުންގެ ކަންކަން ގޮސްފިކަމަށެވެ. އަަދި ވެރިކަން ލިބުނު ގޮތް ބައެއް ބޭފުޅުން ހަނދާން ނެތްކަމަށް ވިދާޅުވެ ރައީސް ނަޝީދަށް ރައީސް ސާލިހު މަލާމަތްކުރައްވާތީ އެކަމަށްވެސް އިންތި ފާޑު ވިދާޅުވިއެވެ.

ބައެއް ބޭފުޅުން މަލާމާތް ކުރައްވާއިރު، އެއީވެސް އެމަނިކުފާނަށް (ރައީސް ޞާލިހަށް) ރައްދުވާ ބަސް ފުޅެއްކަމަށް އިންތި ވިދާޅުވިއެވެ.

"އިހަކަށް ދުވަހަކު ވިދާޅުވެއްޖެ އެންމެ ބޮޑު މައްސަލައަކީ ވެރިކަން ލިބުނު ގޮތް ހަނދާން ނެތޭ ނެތުމޭ. އެ ބޭފުޅާ އެ ވިދާޅުވެދެއްވަނީ، އެ ރަމްޒު އެކުރައްވަނީ ރައީސް ނަޝީދަށް މަލާމާތްކުރެއްވުމުގެ ގޮތުން. އެހެންވީމަ ހަމަ ހަގީގަތަށްވެސް އަޅުގަނޑު މިދަންނަވާހެން ތިމާއަކީ ކޯއްޗެއްކަން ތިމާއަށް ނޭނގޭ ހާލަތަށް ނުދޭތޯ؟" އިންތި ވިދާޅުވިއެވެ.

އިންތިގެ ވާހަކައިގައި ވިދާޅުވީ ސަރުކާރުގެ ފަރާތުން މިހާރު ފެންނަމުންދާ އަމަލުތަކުން ވެރިކަން ވެއްޓިއްޖެކަން ހާމަވާ ހުރިހާ ސިފައެއް ފެންނަމުންދާކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން