އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ރައީސުލްޖުމްހުރިއްޔާ އިބްރާޙިމް މުހައްމަދު ސާލިހަށް ތާއީދުކުރަން ނިންމެވީ އެމަނިިކުފާނަކީ މިހާތަނަށް ފެނުނު އެންމެ ހިކުމަތްތެރި ލީޑަރަށްވާތީކަމަށް އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ސިޔާމް މިހެން ވިދާޅުވީ ތ. ތިމަރަފުށީގައި ބޭއްވި ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސިޔާމް ވިދާޅުވީ ރައީސް ސަލިހުެާއެކު އެނާ ހުންނެވީ އިގްތިޞާދު ދެގުނަކޮށް އުފާވެރި އަމާން ރާއްޖެއެއް ބިނާކުރުމަކީ މި ވަގުތު ކުރަން އޮތް މަސައްކަތަކަށްވާތީކަމަށެވެ. އަދި އެއީ ގައުމީ މަސައްކަތެއްކަމަށާއި، އެކަމުން ދުރަށް ވަޑައިނުގަންނަވާނެކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ އެނާ މިހާތަނަށް ދުށް އެންމެ ހިކުމަތްތެރި ލީޑަރަކީ ރައީސް ޞާލިހު ކަމަށެވެ. ސިޔާމް ވިދާޅުވީ ކޮންމެ ކަމެއްވެސް ހާސިލްކުރެވޭނީ އެ ކަމެއްކުރުމުގެ ޝައުގާއެކުކަމަށާއި، ރައީސް ސާލިހަކީ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ދަހިވެތި ވެދެވަޑައިގެންފައިވާ ބޭފުޅެއްކަމަށް ސިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑުމެން ދަހިވެތިވާންވީ އަޅިގަނޑުމެންގެ ރައްޔިތުންނަށް ކަންކަން ކޮށްދޭން،" ސިޔާމް ވިދާޅުވިއެވެ.

ތިމަރަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވަނީ ރައީސް ސާލިހުއާއެކު އެއް ބުރުން އިންތިހާބު ކާމިޔާބު ކުރެވޭނޭކަމުގެ ޔަގީންކަން އެބައޮތްކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ..


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން