އަންނަމަހު ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓުދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ފައިނަލް ލިސްޓުގެ ސައްހަކަން ކަށަވަރު ކުރުމުގެ ގޮތުން، ވޯޓާސް ލިސްޓުތަކުގައި ރިޔާސީ ކެންޑިޑޭޓުން ސޮއިކުރުމަށް ދިން ފުރުސަތުގައި ބައެއް ފަރާތްތަކުން ސޮއިނުކުރާކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި އޮތީ ރޭ 10:00 ޖެހުމާއި ހަމައަށް ކެންޑިޑޭޓުންގެ ފަރާތުން ވޯޓާސް ލިސްޓުގައި ސޮއިކުރުމުގެ ފުރުސަތު ހުޅުވާލާފައި ބޭއްވުމަށެވެ. އަދި އޭގެފަހުން އެ ފުރުސަތު ނުލިބޭނެކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ރިޔާސީ ކެންޑިޑޭޓް ޢުމަރު ނަޞީރު ނޫން އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ލިސްޓުގައި ސޮއިކުރިކަމަށެވެ. އަދި މޯލްޑިވްސް ނޭޝަނަލް ޕާޓީ އާއި ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓުން ފިޔަވައި، އެހެން ހުރިހާ ކެންޑިޑޭޓުންގެ ފަރާތުން ހުރިހާ ލިސްޓެއްގެ ސައްހަކަން ކަށަވަރުކޮށް، ސޮއިކޮށްފައިވާކަމަށްވެސް ހަބީބް ވިދާޅުވިއެވެ.



އިލެކްޝަންސް ކޮމިޝަނުން ބުނީ ވޯޓާސް ލިސްޓުތައް ފޮނުވަންޖެހޭ މަރުކަޒުތަކަށް ފޮނުވުމަށްޓަކައި ޕެކް ކުރުމުގެ މަސައްކަތް ހޯމަދުވަހު ކުރިއަށްދާނެކަމަށެވެ. އަދި ވޯޓުކަރުދާސް ޗެކްކޮށް ޕެކް ކުރުމުގެ މަސައްކަތް ވެސް މިހާރު ކުރިޔަށްދާކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އަންނަމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެއެވެ. އަދި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވެއެވެ.

ޤާނޫނުގައި އޮންނަގޮތުން ކޮންމެ ފޮއްޓަކަށް ފޮނުވާނީ، އެފޮއްޓަކަށް ވޯޓުލާ މީހުންގެ އަދަދަށްވުރެ 1 އިންސައްތަ ކަރުދާސް އިތުރުކޮށެވެ


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން