ކ. ދިއްފުށީ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށެމުގެ ގޮތުން ސައިޓް މޮބިލައިޒްކޮށްފި ކަމަށް އެމްޓީސީސީން ބުނެފިއެވެ.

މި މަޝްރޫޢުގެ ދަށުން، 97.22 ހެކްޓަރުގެ ބިން ހިއްކުމާއި، 710 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 670 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، މިހާރު ހުރި ގްރޮއިންގެ 270 މީޓަރު މަރާމާތު ކުރުމާއި، މިހާރު ހުރި ރިވެޓްމެންޓްގެ 300 މީޓަރު މަރާމާތު ކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 33.157 މިލިއަން ރުފިޔާއަށް 450ދުވަސް ތެރޭ ނިންމުމަށް ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ.

ދިއްފުށީގެ ބިން ހިއްކާނިމޭއިރު، ހިއްކި ސަރަޙައްދުން ރަށު ރައްޔިތުންނަށް ގޯތި ދޫކުރަން ވަނީ ހަމަޖެހިފައެވެ. އަދި އުދަ އެރުމުގެ ސަބަބުން ނެތި ގޮސްފައިވާ ގޯތިގެދޮރުގެ ބަފަލުގައި އަލަށް ހިއްކި ސަރަޙައްދުން ޖާގަ ލިބޭނެއެވެ.

ކ. ދިއްފުއްޓަކީ އުދަ އެރުމާއި ޤުދުރަތީ ކާރިސާތަކާއި ކުރިމަތިލާން ޖެހިފައިވާ ރަށެކެވެ. ކަންމިހެން އޮތްއިރު، ރިވެޓްމެންޓް އުސް ގޮނޑުދޮށަކަށް މިރަށު ރައްޔިތުން އިންތިޒާރުކުރަމުންދާތާ ގިނަދުވަސްތަކެއް ވަނީ ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން