އިލެކްޝްންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު - ފޮޓޯ: މިހާރު
އިލެކްޝްންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު - ފޮޓޯ: މިހާރު
މާލެސިޓީގެ އެކި ސަރަހައްދުތަކުގައި، ފުލުހުން ހަރުކޮށްފައިވާ ސެކިޔުރިޓީ ކެމެރާތަކާއި، މާލެސިޓީގެ މަގުތަކާއި، ބްރިޖުގައި ބަހައްޓާފައިވާ ޓްރެފިކް ލައިޓްތަކުގެ ވިއު ގެއްލޭގޮތަށް، ރިޔާސީ ކެންޑިޑޭޓުންގެ ކެންޕޭން މެޓީރިއަލްސް ބަހައްޓަމުން ގެންދާތީ، އެކަން އެގޮތަށް ނުކުރުމަށާއި، އެގޮތަށް ހަރުކޮށްފައިވާ ތަކެތި 24 ގަޑިއިރުގެ މުހުލަތުގައި ނަގައި ނިންމުމަށް ކެންޑިޑޭޓުންނަށާއި، ޕާޓީތަކަށް އިލެކްޝަންސް ކޮމިޝަނުން އަންގައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ މާލެސިޓީގެ އެކި ސަރަހައްދުތަކުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ހަރުކޮށްފައިވާ ސެކިޔުރިޓީ ކެމެރާތަކާއި، މާލެސިޓީގެ މަގުތަކާއި، ބްރިޖުގައި ބަހައްޓާފައިވާ ޓްރެފިކް ލައިޓްތަކުގެ ވިއު ގެއްލޭގޮތަށް، ރިޔާސީ ކެންޑިޑޭޓުންގެ ކެންޕޭން މެޓީރިއަލްސް ބަހައްޓަމުން ގެންދާ މައްސަލަ ފާހަގަކުރެވިފައިވާކަމަށެވެ. އޭގެސަބަބުން އެތަކެތީގެ ބޭނުންކުރުމަށް ދަތިތަކާ ކުރިމަތިވާތީ އެކަން އެގޮތަށް ނުކުރުމަށް ހަބީބު ވަނީ އިލްތިމާސް ކޮށްފައެވެ. އަދި މިހާރު އެގޮތަށް ހަރުކޮށްފައިވާ ތަކެތި 24 ގަޑިއިރުގެ މުހުލަތުގައި ނަގައި ނިންމުމަށް ކެންޑިޑޭޓުންނަށާއި، ޕާޓީތަކަށް އީސީ އިން މިހާރު ވާނީ އަންގާފައިކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.



އަދި ކެންޑިޑޭޓުންގެ ރަސްމީ އިންތިޚާބީ އޭޖެންޓުންނާއެކީގައި އީސީ އާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އިން ބައްދަލުކުރި ދުވަހުވެސް މި ވާހަކަތައް ވާނީ އަންގަވާފައިކަމަށާ، މިފަދަ ގަވާއިދާ ޚިލާފު ކަންކަން ނުކުރުމަށް އެންމެހައި ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އިލްތިމާސް ކުރާކަމަށް ހަބީބު ވިދާޅުވިއެވެ.



އޭނާ ވިދާޅުވީ އިންތިހާބުތަކާބެހޭ ގާނޫނުތަކާއި ގަވާއިދުތަކުގައި ކެންޑިޑޭޓުންނަށް އިރުޝާދު ދެވިފައިވާ ގޮތުގެމަތީން، ހުއްދަ ނަގަންޖެހޭ ފަރާތްތަކުން ހުއްދަ ލިބިގެން ނޫންގޮތަކަށް، މަގުތަކުގަޔާއި، ޢިމާރާތްތަކުގައި، ކެމްޕޭން އެއްވެސް އެއްޗެއް ހަރުކޮށް، ދަމައި އަދި ހިއްޕާ ނުހެދުމަށް ވެސް އިލެކްޝަންސް ކޮމިޝަނުން އެދޭކަމަށެވެ. މިފަދަ ކަންކަން ހުއްޓުވުމަށް، ކޮންމެ ފަހަރަކު، ފުލުހުން ބޭނުންކުރުމަކީ ކޮމިޝަނުން ބޭނުންވާ ގޮތެއްނޫންކަމަށާ، ޕާޓީތަކުން މިހާރަށް ވުރެ ޒިންމާދާރު ކަމާއެކު، މިފަދަ ކަންކަމުގައި، ޢަމަލު ކުރުމަށް އެދޭކަމަށްވެސް ހަބީބު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން