އިދިކޮޅު ޕީޕިއެމް-ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒަށް އޮތް ތާއިދު މިހާރު ދަނީ ކުޑަވަމުން ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާނު މާރިޔާ އަޙްމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ޞާލިޙުގެ ކެމްޕެއިން ޓީމުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނުގެ ކެމްޕޭން ތަރުޖަމާން، އަދި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ކެމްޕޭންގައި ރަށްރަށައް ވަޑައިގަތުމުން އެމަނިކުފާނުގެ އަސްލު ސައިޒު ފެންނަމުންދާ ކަމަށެވެ. އެގޮތުން ކުރިއާއި އަޅާބަލާއިރު ޑރ. މުއިއްޒަށް އޮތް ތާއިދު ވަރަށް ބޮޑަށް ކުޑަވެފައިވާ ކަމަށް މާރިޔާ ވިދާޅުވިއެވެ.

"ޕީއެންސީ ސަލަފްގެ ކެންޑިޑޭޓް ޑރ. މުއިއްޒު މިހާރު ރަށްރަށައް ދަތުރުކުރަށްވާއިރު އެބޭފުޅާގެ އަސްލު ސައިޒު ފެންނަމުން އެބަދޭ، ވަރަށް ތާއިދު ކުޑަވެއްޖެ، ކުރިއާއި އަޅާބަލާފައި އަދި ކޮންމެ ދުވަހަކު އަޅުގަނޑުމެންނާއި ވާހަކަ ދައްކަމުން ދަނީ އަޅުގަނޑުމެންނަށް ތާއިދުކޮށް މި ކޮޅަށް (ރައީސް އަށް ތާއިދުކުރަން) އަރަންވެގެން،" މާރިޔާ ވިދާޅުވިއެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ސަލަފް ޖަމިއްޔާއަށް ނިސްބަތްވާ އެތައް ބަޔަކު ކޮންމެ ދުވަހަކު މުއިއްޒަށް ތާއީދު ކުރަމުންދާ ކަމަށެވެ. އަދި ސޯޝަލް މީޑިއާގައި ވެސް ހަރުކަށި ފިކުރުގެ ގިނަ މީހުން މުއިއްޒަށް ކެމްޕެއިން ކުރައްވާ ކަމަށް މާރިޔާ ވިދާޅުވިއެވެ. މާރިޔާ ވަނީ އަނިޔާވެރި ސަރުކާރެއް އަލުން އިޢާދަ ކުރުމަށް ޑރ. މުއިއްޒަށް ފުރުސަތު ނުދެެއްވަން ރައްޔިތުންނަށް ގޮވާލަައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން