މި އަހަރުގެ ރިޔާސީ އިންތިޙާބުގައި އަމިއްލަ ގޮތުން ވާދަކުރަށްވާ ރިޔާސީ ކެންޑިޑޭޓް އުމަރު ނަސީރަށް މަރުގެ އިންޒާރު ދެމުންދާކަމަށް އޭނާ ހާމަކުރައްވައިފިއެވެ.

އުމަރު ވަނީ އޭނާގެ ރަސްމީ ޓްވިޓާ އެކައުންޓްގައި އޭނާއަށް ރައްދުކޮށް މީހަކު ލިޔެފައިވާ މަރުގެ އިންޒާރު ކަމަށް ބެލެވޭ ކޮމެންޓްތަކެއްގެ ސްކްރީން ޝޮޓް ހިއްސާ ކުރައްވާފައެވެ. އުމަރު ވިދާޅުވެފައި ވަނީ އެ އިންޒާދު ތަކަކީ ޑްރަގްގެ ލޯޑުންގެ ފަރާތުން ލިބޭ މަރުގެ އިންޒާރު" ކަމަށެވެ.

އުމަރު ޢާންމު ކުރި އެފަދަ އެއްޓްވީޓްގައި ނުރަސްމީ ޓްވިޓާ އެކައުންޓެއްގެ ވެރިއެެއް ވަނީ "މި ކެމްޕެއިންގައި ކިތައް ކިލޯ ބެހިތޯ ވޯޓް ހޯދަން. ދައުލަތަށް ލާރި ވަންނަނީ މަސްތުވާތަކެތިންނޭ" ލިޔުމަށްފަހު އަވަގުރާނަ ގޮވުމަށްފަހު އުމަރަށް މަރުގެ އިންޒާރު ދީފައެވެ.

އުމަރަކީ ރާއްޖޭގައި އޮތް މަސްތުވާތަކެތީގެ ވަބާ ނައްތާލުމަށް ހަރުކަށި އަދަބުތައް ތަންފީޒުކުރުމަށް ގޮވާލައްވާ ބޭފުޅެކެވެ. އެހެންކަމުން، އޭނާއަށް އަމާޒުކޮށް މީގެ ކުރީގައިވެސް މިފަދަ މަރުގެ އިންޒާރުތައް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވެއެވެ. އެގޮތުން މި މަހު ބޭއްވި ކެމްޕޭން ރެލީއެއްގައިވެސް މީހަކު ވަނީ އޭނާއަށް ހަމަލާދޭން މަސައްކަތް ކޮށްފައެވެ. އެ ހަމަލާގައި އުމަރަށް އެއްވެސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. އުމަރު ވިދާޅުވީ އެ ހަމަލާ ދީފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރީގައި އުޅޭ މީހެއް ކަމަށް ބެލެވޭ ކަމަށެވެ.



މިފަހަރުގެ ރިޔާސީ އިންތިޚާބަކީ މިހާތަނަށް އެންމެ ގިނަ ރިޔާސީ ކެންޑިޑޭޓުން ބައިވެރިވެވަޑައިގަންނަވާ އިންތިޚާބެވެ. މި އިންތިޚާބުގައި ޖުމްލަ އަށް ކެންޑިޑޭޓުން ވާދަކުރައްވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން