މެޖިސްޓްރޭޓް ކޯޓްއެއް ----ފޮޓޯ: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
މެޖިސްޓްރޭޓް ކޯޓްއެއް ----ފޮޓޯ: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
މެޖިސްޓްރޭޓް ކޯޓްތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް ބޮޑުކޮށްފިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން މިއަދު ބުނީ މެޖިސްޓްރޭޓް ކޯޓްތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސް ހަމަހަމަކޮށް ދިނުމަށްޓަކައި ކުރެވުނު މަސައްކަތުގެ ތެރެއިން، ހުރިހާ މެޖިސްޓްރޭޓް ކޯޓްތަކުގެ މުވައްޒަފުންގެ ޖުޑީޝަލް އެލަވަންސް، އަސާސީ މުސާރައިގެ 35 އިންސައްތައަށް އިތުރުކުރެވި، މި ހިނގާ އޮގަސްޓް މަހުން ފެށިގެން ޖުޑީޝަލް މެޖިސްޓްރޭޓް ކޯޓްތަކުގެ މުވައްޒަފުންނަށް ލިބިގެންދާނެ ކަމަށެވެ.

އެ ޑިޕާޓްމަންޓުން ބުނީ މި ބަދަލަކީ، 2015 ވަނަ އަހަރަށްފަހު މެޖިސްޓްރޭޓް ކޯޓްތަކުގެ މުވައްޒަފުންގެ މުސާރައަށް ބަދަލު ގެނެވުނު ފުރަތަމަ ފަހަރު ކަމަށެވެ. އަދި، މި ބަދަލު ގެނައުމުގެ ކުރިން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ ލިބެމުން ދިޔައީ 187 މެޖިސްޓްރޭޓް ކޯޓުގެ ތެރެއިން އެންމެ 11 މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުންނަށް ކަމަށެވެ.

މި ބަދަލާއިއެކު، ހުރިހާ މެޖިސްޓްރޭޓް ކޯޓްތަކުގެ މުވައްޒަފުންނަށް ޖުޑީޝަލް އެލަވަންސްގެ ގޮތުގައި، އަސާސީ މުސާރައިގެ 35 އިންސައްތަ ހަމަޖެހި، 800 މުވައްޒަފުންނަށްވުރެ ގިނަ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެ ކަމުގައި ޑީޖޭއޭ އިން ފާހަގަކުރިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން