ރިޔާސީ އިތުރު ދައުރަކަށް ހޮވިވަޑައިގެންފިނަމަ ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އަޅުއްވައިދެއްވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރިޔާސީ ކެމްޕެއިނަށް ހައްދުންމައްޗަށް ކުރަށްވާ ދަތުރުފުޅުގައި ލ. ކަލައިދޫއަށް ވަޑައިގެން އެރަށުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ، ލ. އަތޮޅުގައި އިތުރު އެއާޕޯޓެއް އެޅުމަށް ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް ލ. އަތޮޅުގެ ދެވަނަ އެއާޕޯޓް އަޅާނެ ތަނެއް އަދި ނިއްމާފައިނުވާ ކަމަށާއި، ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިހާބު ވެވަޑައިގެންފިނަމަ އެ މަސައްކަތް ކުރަށްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން އެކަމާ ދޭތެރޭގައި ވިސްނައި އެއާޕޯޓެއް އަޅަން އެންމެ ރަނގަޅީ ކޮން ތަނެއްތޯ ބެލުމަށް ފަހު ލ. އަތޮޅުގައި އަދި އިތުރު އެއް އެއާޕޯޓް އެޅުން އެއީ އަޅުގަނޑުމެން ވާ ވައުދެއް،" ރައީސް ސާލިޙު ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް މިއަދު ވަނީ ކަލައިދޫއަށް ވެސް ގިނަ ވައުދުތަކެއް ވެވަޑައިގެންފައެވެ. އެގޮތުން ދެވަނަ ދައުރެއްގައި އެރަށުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގަވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. އަދި އެ ސަރަހައްދުގައި ޓޫރިޒަމްގެ ވިޔަފާރި ފުޅާކުރުމަށް ފޮނަގާދޫ ޓޫރިޒަމަށް ހުޅުވާލާފައިވާކަން ފާހަގަކުރަށްވަމުން ރައީސް ވަނީ ކަލައިދޫގައި ސިޓީ ހޮޓަލެއް އަޅަން އަންނަ ދައުރުގައި ހުޅުވާލާނެކަން އިއުލާން ކުރަށްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން