އަހުމަދު މަސްނޫމް   29 އޯގަސްޓު 2023 - 1:31
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު، ރިޔާސީ ކެމްޕެއިނަށް ލ.އަތޮޅަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ސާލިހު ލ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅަށް ވަޑައިގެންނެވީ ތ.އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.

ރައީސް ސާލިހު ލ.އަތޮޅަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ޖަމާވެފައެވެ.

ލ.ގަމުގައިވެސް ރައީސް ސާލިހަށް މަރުހަބާ ދަންނަވަން ބޮޑު ކިޔޫއެއްގައި މީހުން ވަނީ ޖަމާވެފައެވެ.



ލ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގައި ސަރުކާރުން ހިންގާފައިވާ ބައެއް މަޝްރޫއުތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިފްތިތާޙުކޮށްދެއްވާނެއެވެ. އަދި އަންނަ ރިޔާސީ ދައުރުގައި އެ އަތޮޅޫގެ ރަށްތަކަށް ރާވާފައިވާ ތަރައްގީގެ މަޝްރޫއުތަކުގެ މައުލޫމާތު ރައީސުލްޖުމްހޫރިއްޔާ އެ އަތޮޅުގެ ރައްޔިތުންނާއި ހިއްސާކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން