ރައްޔިތުންގެ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދޭކަމަށް ތުހުމަތުކޮށް، މަޖިލީހުގެ އިދާރާއިން ހުށައެޅި މައްސަލަ ބެލެން ނެތް ކަމަށް ފުލުހުންގެ ޚިދުމަތުން އެ އިދާރާއަށް އަންގައިފިއެވެ.

ފުލުހުންގެ ޚިދުމަތުން ބުނީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ދޭކަމަށް ތުހުމަތުކޮށް، މަޖިލީހުގެ އިދާރާއިން ފޮނުވި ސިޓީގައި، ޖިނާއީ ތަހުގީގެއް ފަށަން ބޭނުންވާ އަސާސީ މައުލޫމާތު ފޯރުކޮށްދީފައި ނުވާ ކަމަށެވެ. އެހެންވެ، ޖިނާއީ މައްސަލައެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވިދާނެކަމަށް ނުފެންނަ ކަމަށް ސިޓީއަކުން މަޖިލީހަށް އަންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނިގޮތުގައި އެފަދަ މައުލޫމާތު ހުރިނަމަ، ރިޝްވަތުގެ މައްސަލަ ތަހުގީގުކުރުމުގެ މައި އިހްތިސާސް އޮންނަ ފަރާތަކީ އެންޓިކޮރަޕްޝަން ކޮމިޝަން ކަަމަށްވާތީ ރައްޔިތުންގެ މަޖިލީހުން ހުށަހަޅާ އެފަދަ މައްސަލަ ހުށަހަޅަންވާނީ އޭސީސީއަށް ކަމަށް، ދެކޭކަމަށެވެ. އަދި އޭސީސީއިން އެފަދަ ތަހުގީގަކަށް އެހީތެރިކަމަށް އެދެފިނަމަ ފުލުހުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާނެ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން