ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހުގެ ޒައާމަތާއެކު ބޭރު ޤައުމުތަކުން ރާއްޖެއަށް ކުރާ އިތުބާރު 3 ގުނަ ބޮޑުވެއްޖެކަމަށް ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ސަމީރު ވިދާޅުވީ ރައީސް ސާލިހުގެ ސަރުކާރުން ގެންގުޅުއްވަނީ ހަރުދަނާ އަދި ރޭވުންތެރި ދުރު ވިސްނޭ ހާރިޖީ ސިޔާސަތެއްކަމަށެވެ. އަދި އެކަމުގެ ސަބަބުން ވޭތުވެދިޔަ އަހަރުތަކުގައި ބޭރު ދުނިޔޭގެ ޤައުމުތަކުން ރާއްޖެއަށް ކުރަމުން އައި އިތުބާރު ތިންގުނަ ކުރެވުނުކަމަށްވެސް ސަމީރު ވިދާޅުވިއެވެ.



ސަމީރު ވިދާޅުވީ ޚާރިޖީ ގުޅުންތައް ދެމެހެއްޓުމުގައި ރައީސް ‎ސާލިހު ވަނީ ދިވެހީން ފަޚުރުވެރިވާ ފަދަ ނަމޫނާއެއް ދުނިޔެއަށް ދައްކަވައި ދެއްވާފައިކަމަށެވެ.

ހާރިޖީ ދާއިރާއިން ރާއްޖެއިން ކުރިއެރުންތަކެއް ހޯދާފައިވާކަމަށް ބައިނަލްއަގުވާމީ މުޖްތަމައުންވެސް ފާހަގަކުރެއެވެ. އެގޮތުން އެކި ގައުމުތަކަށް ދިވެހިންނަށް ވިސާ ނުނަގައި ދަތުރުކުރެވޭ މިންވަރު ވަނީ އިތުރުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން