25 ހާސް މީހުންގެ އާބާދީއެއް އުޅެވޭ ގޮތަށް، އާބަން ސިޓީއެއްގެ ގޮތުގައި ޅ.ގަން ތަރައްގީކުރައްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންއަށް ލ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންެ ހަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ އަންނަ އަހަރު ގަމުގައި 1000 ހައުސިންހ ޔުނިޓް އެޅުމުގެ މަސައްކަތް ފަށާނެކަމަށެވެ. އަދި އެ މަޝްރޫއު

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގަމުގެ ތަރައްގީއަށް މިދިޔަ ފަސް އަހަރަށްވެސް ޕްލޭންތަކެެއް އެކަށެއެޅުއްވިކަމަށެވެ. ނަމަވެސް ކޯވިޑާއި ގުޅިގެން ދިމާވި އިގްތިސާދީ ދަތިކަމުގެ ސަބަބުން އެ މަސައްކަތް އެންމެ ބާރަށް ކުރިއަށް ނުދިޔަކަމަށެވެ.

"އަަޅުގަނޑުމެންގެ އަމާޒަކީ މިތަން 10 އަހަރު ތެރޭގައި، ކުރިއަށް މި އޮތް 10 އަހަރު ތެރޭގައި 25،000 މީހުންގެ އާބާދީއަކަށް ބަދަލުކުރުން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގަމަށް އަންނަ ތަރައްގީއާއެކު އެތަނަށް އެތައް ބަޔަކު އެތަނަށް އަންނާނެކަމަށެވެ. އަދި އެކަމުގެ ސަބަބުން އެތަނަށް މީހުން އާބާދު ކުރުމަށް އެއްވެސް ދައްޗެއް ކުރިމަތިނުވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ގަން ތަރައްގީ ކުރުމުގެ މަސައްކަތުގެ ދަށުން އަންނަ އަހަރު ގަމުގައި 1000 ހައުސިން ޔުނިޓް ގާއިމްކުރުމުގެ މަޝްރޫއުއެއް ފައްޓަވާނެކަމަށެވެ. އަދި އެ މަޝްރޫއު ނިމޭއިރު 5000 ހައުސިން ޔުނިޓް ގާއިމްކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން