ބޭރު ގައުމުތަކުންނާއި އިދާރާތަކުން ރާއްޖެއަށް ލޯނު ދެނީ ގައުމުގެ އިގްތިސާދަށް ކުރާ އިތުބާރުގެ މައްޗަށް ބިނާކޮށްކަމަށް މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީއޭގެ ލީޑަރު އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ލ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ލ. ގަމުގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވަނީ ލޯނާ ބެހޭގޮތުން އިދިކޮޅުން ދައްކާ ވަހަކަތަކަށް ރައްދު ދެއްވާފައެވެ.

ލޯނު ނަގައިގެން ރާއްޖެ ދަރާފައިވާކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ސިޔާމް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ލޯނުގެ ވާހަކަ ދައްކަނީ ލޯނަކީ ކޮބައިކަން ނޭނގި ތިބެ ކަމަށެވެ.

ސިޔާމް ވިދާޅުވީ ބެންކިންގ ނިޒާމުގެ ތެރެއިން ގައުމުތަކަށް ލޯނު ލިބެނީ އެ ގައުމެއްގެ އިގްތިސާދަށް ކުރާ އިތުބާރުގެ މައްޗަށް ބިނާކޮށް ކަމަށެވެ. އަދި ރާއްޖެއަށްވެސް ލޯނު ލިބެނީ ރާއްޖޭގެ އިގްތިސާދަށް ބައިނަލްއަގުވާމީ މުޖްތަމައުން ކުރާ އިތުބާރުގެ ސަބަބުން ކަމަށް ސިޔާމް ވިދާޅުވިއެވެ.

"މިއީ ރައްޔިތުން ކައިރިއަށް ސިޔާސީ ވާހަކަދައްކަން އަންނަ ފަރާތްތަކަށް ވިސްނެންޖެހޭ އެއްޗެއް. ދަސްކުރަންޖެހޭ އެއްޗެއް. އެ ބޭފުުޅުން އަޅުގަނޑު ދެރަވޭ އެ ބޭފުޅުން ސްކޫލުން އެ އެއްޗެހި ދަސްނުކުރީމާ،" ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ލޯނަކީ ދަރަންޏެއް ނޫންކަމަށާއި، އެއީ އެކަމުގެ ސަބަބުން ފައިދާތަކެއް ކުރާނެ އެއްޗެއްކަމަށެވެ. އަދި ލޯނުގެ ވާހަކަ ދެއްކުމުގެ ކުރިން އިދިކޮޅު ފަރާތްތަކުން އެއީ ކިހިނެއް ހިނގާ ކަމެއްކަން ބަލަންޖެހޭކަމަށްވެސް ސިޔާމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން