ރިޔާސީ އިންތިހާބަށް އެމަނިކުފާނު ކުރަށްވަނީ "ކޫލް" ކެމްޕެއިނެއް ކަމަށާއި ވާދަވެރިންގެ ކެމްޕެއިން އަދިވެސް ރަނގަޅަށް ނުފެށޭ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެއެވެ.



ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ހައްދުންމައްޗަށް ކުރަށްވާ ދަތުރުފުޅުގެ ތެރެއިން ލ. ގަމުގައި ރޭ ބޭއްވި އުފާވެރި އަމާންރާއްޖެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ އެމަނިކުފާނު ކުރައްވަނީ "ކޫލް ކެމްޕެއިން" އެއް ކަމަށެވެ. ރައީސް ވިދާޅުވީ ވާދަވެރިންގެ ކެމްޕެއިން އަދިވެސް ރަނގަޅަށް ނުފެށޭ ކަމަށެވެ. އަދި އެހެން ކެންޑިޑޭޓުން އެމަނިކުފާނާ ހިސާބަށް އަންނަން އަދި ހަތަރު ފަސް ހަފުތާ ނަގާނެ ކަމަށް ލަފާކުރެއްވޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އޭރަށް އޮންނާނީ އިންތިހާބު ނިމިފައި، އެބޭފުޅުން ރަނގަޅަށް ކެމްޕެއިން ފަށާއިރު. ނަތީޖާ އިއުލާނުކޮށްފައި އޮންނާނީ. އޭރަށް ދެން އެބޭފުޅުން މަސައްކަތްކުރައްވާނީ 2028 ގެ އިންތިހާބަށް،" އިދިކޮޅު ވާދަވެރިންގެ ކެމްޕެއިނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރައީސް ވިދާޅުވި އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން