ގއ، ވިލިނގިލީގައި ބިން ހިއްކައި، ބައިނަލްއަގުވާމީ ފެންވަރުގެ އެއާޕޯޓެއް ތަރައްގީކުރުމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް އަދި މާލޭ ސިޓީގެ މޭޔަރ ޑޜ. މުޙައްމަދު މުޢިއްޒު ވައުދުވެވަޑައިގެންފިއެވެ.

ވިލިނގިލީގައި ރޭ ބޭއްވި ރިޔާސީ ކެމްޕޭން ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ ގއ. އަތޮޅުގައި އެއާޕޯޓެއް ގާއިމުކުރުމަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލް ޤައްޔޫމްގެ ތަޞައްވުރެއް ކަމަށާއި ވިލިނގިލީގެ ރައްޔިތުންނަށް ދިމާވެފައިވާ ބިމުގެ މައްސަލަތައް ހައްލުކޮށްދިނުމަކީ އެ ޕާޓީން ގެންގުޅޭ ވިސްނުމެއް ކަމަށެވެ. އަދި އާބާދީ ބޮޑު މި އަތޮޅުގައި އެއާޕޯޓެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަން މުޢިއްޒު ފާހަގަކުރެއްވިއެވެ.

"މިހާރު ކޫއްޑޫގައި އެ އޮތް އެއާޕޯޓް، ޓްރެއިނިންގ އެއާޕޯޓަކަށް، ވިލިނގިލި ކައިރީގައި އޮތް ފަރުގައި އިންޓަނޭޝަނަލް ފެންވަރުގެ އެއާޕޯޓެއް ތަރައްގީކޮށް، އިންޓްގްރޭޓެޑް ޓުއަރިޒަމް މަޝްރޫޫޢުއެއް ހިންގަ ދޭނަން. އެއަރޕޯޓަށް ބިން ހިއްކާއިރު މި ރަށަށް ބޭނުންވާ ބިން އިތުރުކުރުމުގެ ބޮޑު މަޝްރޫޢެއް ހިންގައިދޭނަން." މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒަު ވިދާޅުވީ އެ ސަރަހައްދުގައި ފަތުރުވެރިކަމަށް ޚާއްސަ 10،000 އެނދު ތަރައްގީ ކުރެވިގެންދާނެ ކަމަށެވެ.

މުޢިއްޒު ވިދާޅުވީ ގއ. ކޮލަމާފުށި ކައިރީގައި ހުރި ފަޅު ރަށްތަކުގެ ބޭނުން ހިފައި ޓުއަރިޒަމް ހަބެއް ގާއިމްކުރުމަށް އެ ރަށުގެ ރައްޔިތުން އަރިހުގައިވެސް ވައުދުވެ ވަޑައިގެންފައިވާނެ ކަމަށެވެ. އަދި ކޫއްޑޫ އެއާޕޯޓް ޓްރެއިނިންގ އެއާޕޯޓަކަށް ހެއްދެވިޔަސް، އެ އެއާޕޯޓް ބޭކާރު ނުކުރާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.



މީގެ އިތުރަށްވެސް، ގއ. ދެއްވަދޫއަށް ސިޓީ ހޮޓެލް މަޝްރޫއެއް ތަޢާރަފްކުރައްވާނެ ކަމަށްވެސް މުޢިއްޒު ވިދާޅުވިއެވެ.

އެމަނިކުފާނަށް ފުރުޞަތު ދެއްވައިފިނަމަ، ވިލިނގިއްޔާއި ދޭތެރޭ ރައީސް ޔާމީން ގެންގުޅުއްވި ތަޞައްވަރު ހަގީގަތަކަށް ހައްދަވާނެ ކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ. އަދި ހަމައެއާއިއެކު، އެ ސަރަހައްދުދައި އާބާދީ އިތުރުކުރުމާއި އެއްފަސްކުރުމުގެ ގޮތުން އެހެން ރަށްރަށުގެ މީހުންނަށްވެސް ބިން ދޫކުރާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ކޫއްޑޫ އެއަރޕޯޓް އޭރުން ބޭނުންކުރާނީ ޓްރެއިނިން އެއަރޕޯޓެއްގެ ގޮތުގައި. މައި އެއަރޕޯޓަކަށް ވާނީ ވިލިނގިލީގަ ތަރައްޤީކުރާ އިންޓަނޭޝަނަލް އެއަރޕޯޓް. އަޅުގަނޑު ހަމަ ޔަގީންކަމާއިއެކީ މިދަންނަވަނީ އިރާދަ ކުރެއްވިޔާ އެކަން ކޮށްދޭނަން.“ ޑރ.މުއިއްޒު ވިދާޅުވިއެވެ.

ހަމައެއާއިއެކު، އަތޮޅުގެ މަސްވެރިކަމަށް ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސް މިހާރަށްވުރެ ބޮޑުކޮށް، މަސްވެރިކަމުގެ ސިނާއަތް ނަގާ ކޮޅަށް ޖަހާދޭން ޑރ. މުޢިއްޒު ވައުދުވެވަޑައިގެންނެވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން