ސ. ހިތަދޫ އިހުގެ ބަނދަރުގެ ބޭރުތޮށި ލުމުގެ މަސައްކަތް ފެށުމަށް އެމްޓީސީސީން ތައްޔާރުވެއްޖެއެވެ.

މި މަޝްރޫޢުގެ އެންމެ ފަހުގެ އަދާހަމަ މައުލޫމާތު ހާމަކުރަމުން، އެމްޓީސީސީން ބުނީ ސ. ހިތަދޫ އިހުގެ ބަނދަރުގެ ބޭރުތޮށި ލުމުގެ މަޝްރޫޢު (ދެވަނަ ފިޔަވަހި) ގެ ދަށުން، އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 5.88 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 419 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 728 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 5455 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.



މީގެ އިތުރަށްވެސް، ސޮކޯ އޭޕްރަނެއް ހެދުމާއި، 12 މީޓަރު ދިގު 12 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 10 މީޓަރު ދިގު 96 މީޓަރު ފުޅާ ބްރިޖެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ.



މި މަޝްރޫއަކީ 130.26 މިލިއަން ރުފިޔާގެ އަގަކަށް ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

1980 ވަނަ އަހަރުގައި ވުޖޫދަށް އައުމަށްފަހު، އެމްޓީސީސީން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުމްރާނީ ތަރައްގީގެ އެކި މަޝްރޫޢުތައް ހިންގަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން