ފޮޓޯ: ޚަބަރު އޮންލައިން
ފޮޓޯ: ޚަބަރު އޮންލައިން
އަންނަ ހުކުރު ދުވަހުގެ ރޭ މާލޭގައި އެމްޑީޕީގެ ޚާއްޞަ ކެމްޕޭން ޖަލްސާއެއް ބާއްވާތީ އެމްއެންޔޫއާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން އެރޭ ބާއްވާ ރިޔާސީ ބަހުސް ފަސްކުރުމަށް އެމްޑީޕީން މަސައްކަތްކުރަމުންދާ ކަމަށް ޑިފެންސް މިނިސްޓަރ އަދި އެމްޑީޕީގެ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ކެމްޕޭން ތަރުޖަމާން މާރިޔާ އަޙުމަދު ދީދީ މިއަދު ވިދާޅުވެއްޖެއެވެ.

"އަޅުގަނޑު ދަންނަވާނީ ޖަލްސާ އޮންނާނެ. ޖަލްސާ ފަސް ނުކުރާނެ. އަޅުގަނޑު ވާނީ ބަހުސް ރީޝެޑިއުލް ކުރަން އެމްއެންޔޫގައި އެދިފައި،" މާރިޔާ ވިދާޅުވިއެވެ.



މާރިޔާ ވިދާޅުވީ އެމްޑީޕީގެ ޖަލްސާތަކަކީ ކުރިއާލައި ރޭވިގެން ކުރިއަށްދާ އިވެންޓްތަކަކަށްވުމާއިއެކު، އެ ޖަލްސާ ފަސްނުކުރެވޭނެ ކަމަށެވެ.

ޕީއެސްއެމާއި ގައުމީ ޔުނިވަރސިޓީ ގުޅިގެން އިންތިޒާމު ކުރާ ރިޔާސީ ބަހުސް ބޭއްވުމަށް ތާވަލުކޮށްފައިވަނީ މިފެށޭ ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހުގެ ރެއަށެވެ. މި ބަހުސްގެ ދައުވަތު މިހާދުވަނީ ހުރިހާ ކެންޑިޑޭޓުން ވެސް ގަބޫލު ކުރަށްވާފައެވެ. ބަހުސްގައި ރައީސް ޞާލިހު ބައިވެރިވެ ވަޑައިގަންނަވާނެކަން ތަރުޖަމާނު އިޢުލާން ކުރެއްވީ ވެސް މީގެ ދެތިން ދުވަސް ކުރިންނެވެ.

އެމްޑީޕީން ޖަލްސާއެއް އިއުލާން ކުރީ ރައީސް ޞާލިޙު ރިިޔާސީ ބަހުސްގައި ބައިވެރިވެވަޑައިގަންނަވަން ފަސްޖެހިވަޑައިގަންނަވާ ކަމަށް ބައެއް ޕާޓީތަކުން ބުނަމުން ދަނިކޮށެވެ.

ރިޔާސީ ބަހުސް ބާއްވަން ހަމަޖެހިފައި ވަނީ ސެޕްޓެމްބަރ މަހުގެ އެއްވަނަ ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައެވެ. ހަމަ އެރޭ އެމްޑީޕީގެ ބޮޑު ޖަލްސާއެއް މާލޭގައި ބާއްވަނީ ރައީސް ސޯލިހު ރިޔާސީ ބަހުސަށް ފިއްލެވުމަށް ކަމަށް ބުނެ ފާޑުކިޔުންތައް ދަނީ އަމާޒުވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން