އަހުމަދު މަސްނޫމް   29 އޯގަސްޓު 2023 - 22:39
ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމަށް ބ.އަތޮޅުން ބޮޑު ތާއީދެއް އޮތްކަން ދައްކާލައިފިއެވެ.

ބ.އަތޮޅަކީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމްގެ ރަނިންމޭޓް އަމީން އިބްރާހިމް ނިސްބަތްވެވެޑައިގަންނަވާ އަތޮޅެވެ.

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް ބ.އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅު ފެއްޓެވީ މިއަދުއެވެ.



ބ.އަތޮޅުން ގާސިމް ފުރަތަމަ ވަޑައިގެންނެވީ ތުޅާދޫއަށެވެ. ތުޅާދޫއަށް ވަޑައިގަތުމުން އެ ރަށު ކުދި ބޮޑު ގިނަ ބަޔަކު ވަނީ ގާސިމަށް މަރުހަބާ ދަންނަވަން ނިކުމެފައެވެ.

ތުޅާދޫއަށްފަހު ގާސިމް ވަޑައިގަތީ އޭދަފުއްޓަށެވެ. އޭދަފުށިންވެސް ގާސިމަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.



ފާހަގަކޮށްލަންޖެހޭގޮތުގައި އޭދަފުށްޓަށް ވިއްސާރަ ދުވަހެއްނަމަވެސް ގާސިމްއަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ވަނީ ނިކުމެފައެވެ.

ގާސިމްގެ ދަތުރުފުޅުގައި މާޅޮހަށް ވަޑައިގެން އެ ރަށު ރައްޔިތުންނާއިވެސް ބައްދަލުކުރެއްވިއެވެ.



މި ދަތުރުފުޅުގެ ތެރެއިން ދަރަވަންދޫއަށް ވަޑައިގަތުމުންވެސް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފައެވެ.



ގާސިމް ބ.އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ރަނިންމޭޓް އަމީން އިބްރާހީމްއާއި ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދުވެސް ބައިވެރިވެވަޑައިގަންނަވައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން