ސަރުކާރުން އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭންޖެހޭނީ ވަކި މީހަކު ތަފާތުނުކޮށްކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް ސަރުކާރުން މަސައްކަތްކުރާނީ އެގޮތަށްކަމަށް އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްުޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ލ. އަތޮޅަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ކުނަހަންދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ސާލިހު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުން ޤައުމު ތަރައްޤީކުރުމުގައި ބެލީ ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް ތަރައްޤީކުރުމަށްކަމަށެވެ. އެގޮތުން ކުނަހަންދޫއަށް ބަލައިލުމުންވެސް އެ މަންޒަރު ފެންނާނެކަމަށް ރައީސް ވިދާޅުވިއެވެ.

"ފެނާއި ނަރުދަމާގެ ނިޒާމު ކުރިއަށް އެބަދޭ. އިންޖީނުގެއާއި ފެނަކަ އޮފީހުގެ މަސައްކަތް ދަނީ ކުރިއަށް. އޭގެއިތުރުންވެސް ރައްޔިތުން ބޭނުންވާ އެހެނިހެން ކަންކަން ކުރިއަށް އެބަދޭ." ރައީސް ވިދާޅުވިއެވެ.



ރައީސް ވަނީ ކުރިއަށް އޮތް ދައުރުގައި ކުނަހަންދޫއަށް ކޮށްދެއްވާނެ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލަފައެވެ.

ރައީސް ވިދާޅުވީ ކުނަހަންދޫއާއި ހިތަދޫ ކޯޒްވޭއަކުން ގުޅާލުމާއި، ސިއްހީ ހިދުމަތް ރަނގަޅު ކުރުމަށް ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތާއި ލެބޯޓަރީއެއް ގާއިމްކޮށްދެއްވާނެކަމަށެވެ. އަދި ކުނަހަންދޫ ބަނދަރަށް ބަަދަލު ގެނެސްދެއްވާނެ ކަމަށާއި ޒުވާނުން ބޭނުންވާ ފުޓްބޯޅަ ދަނޑާއި ވޮލީކޯޓުވެސް އަޅައިދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން