ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙަށް ދެވަނަ ދައުރެއް ދީފިނަމަ މިހާރު ކޮށްދެއްވާފައިހުރި މަސައްކަތުގެ ދެ ގުނަ މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާން ވިދާޅުވެއްޖެއެވެ.

އދ. އޮމަދޫގައި މިއަދު ބޭއްވި ކެންޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ތޮއްޑޫ ދާއިރާގެ މެމްބަރު ޙަސަން ޝިޔާން ވިދާޅުވީ، އޮމަދޫއަށް ރައީސް ސާލިޙު ވެވަޑައިގެންނެވި ވައުދުތަކުގެ އިތުރުން ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ކަމަށާއި އެމަނިކުފާނަށް ދެވަނަ ދައުރެއް ދީފިނަމަ އޮމަދޫގެ ތަރައްގީގެ މަސައްކަތް ދެގުނަ ކޮށްދެއްވާނެ ކަމަށް ޝިޔާން ވިދާޅުވިއެވެ.

"ރައީސް މިރަށައް ވެވަޑައިގެންނެވި ވައުދުގެ އިތުރުން ކިތައް ކަންތައްތައް މިރަށަށް ވެއްޖެތޯ؟ އަދި ކުރިއަށް ކިތައް ކަންތައް އެބައޮތްތޯ؟ އަޅުގަނޑަށް ޔަގީންވާ ކަމަކީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހަށް ދެވަނަ ދައުރެއްް ދީފިނަމަ މި މަސައްކަތުގެ ދެގުނަ އެމަނިކުފާނު ޖައްސަވާނެކަން، އެވަރުގެ ޔަގީންކަމާއި އެ އިތުބާރު އަޅުގަނޑުމެންނަށް އެބައޮތް،" ޝިޔާން ވިދާޅުވިއެވެ.

މީގެ އިތުރުން ޝިޔާން ވިދާޅުވީ ކުޑަ ރަށެއް ބޮޑު ރަށެއް ބެލުމެއް ނެތި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ހިންގެވި ތަރައްގީގެ މަޝްރޫއުތައް ރައްޔިތުން ގަބޫލުކޮށްފި ކަމަށެވެ. އަދި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަ ޑިމޮކްރެޓްސްއާއެކު ކުރި ކެމްޕޭން ދަތުރުތަކުން ރައްޔިތުންގެ ތާއިދު އޮތީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށްކަން އެނގިވަޑައިގެންނެވި ކަމަށް ޝިޔާން ވިދާޅުވިއެވެ.

"އަޅުގަނޑުމެންނާއި އެކީގައި އެމްޑީޕީ އާއި ދުރަށްޖެހުނު ފަރާތްތަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ އެނބުރި ވަޑައިގަންނަވާށޭ މިޓީމާ އެކު ވަޑަައިގަންނަވާށޭ، ރައީސް އަށް ދެވަނަ ދައުރެއްް ހޯދުމަކީ މި ރާއްޖޭގެ ރައްޔިތުންނާއި މި ރާއްޖޭގެ މުސްތަގުބަލާއި މި ރާއްޖޭގެ ޒުވާނުންނަށް މުހިންމު ކަމެއް،" އެމްޑީޕީ ދޫކުރަށްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގެންނެވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނެވި ޝިޔާން ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން