ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެމްޑީޕީ އާއި ގުޅިވަޑައިގަންނަވަނީ އެމަނިކުފާނު ރިޝްވަތު ދެއްވައިގެން ނޫން ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

ލ. އަތޮޅަށް ކުރަށްވާ ކެމްޕޭން ދަތުރުފުޅުގެ ތެރެއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިއަކު ދެންނެވި ސުވާލަކަަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ވިދާޅުވީ މަޖިލީހުގެ މެމްބަރުން އެމްޑީޕީ އާއި ގުޅިވަޑައިގަންނަވަނީ ރިޝްވަތު ދީގެން ނޫން ކަމަށާއި އެފަދަ އެއްވެސް ކަމެއް ހިނގާފައެއް ނުވާނެ ކަމަށެވެ. އަދި މެމްބަރުން އެމްޑީޕީ އާއި ގުޅިވަޑައިގަންނަވަނީ ދާއިރާގެ ތަރައްގީ އާއި ކުރިއެރުން އޮތީ އެމްޑީޕީ އާއި އެކު ކަމަށް ގަބޫލު ކުރާތީ ދާއިރާގެ ރައްޔިތުން އެގޮތަށް އެދޭތީ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ.

"އެކަހަލަ އެއްވެސް ކަމެއް ހިނގާފައެއް ނޯއްނާނެ، އެއްވެސް މެމްބަރަކަށް އެއްވެސް މިންވަރެއްގެ ފައިސާގެ މުއާމަލާތެއް އަދި ރިޝްވަތޭ ތި ވިދާޅުވާ ފުޅާ މާނައިގައި ހިމެނޭ އެކަހަލަ އެއްވެސް ކަމެއް ކޮށްފައެއް ނޯއްނާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށައަޅާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މެންބަރުން އެމްޑީޕީއަށް ސޮއިކުރައްވަނީ ބޮޑެތި އަދަދުތަކުން ރިޝްވަތު ދީގެން ކަމަށް ތުހުމަތު ކުރަށްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި އޭގެފަހުން ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ރިޝްވަތު ދޭ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް މަޖިލީހުން ފުލުހުންނަށް ވެސް ހުށައެޅިއެވެ. އެހެން ނަމަވެސް އެމައްސަލަ ބެލެން ނެތް ކަމަށް ބުނެ އެފަދަ މައްސަލަތަށް އޭސީސީއަށް ހުށައަޅަައިގެން ކުރިއަށް ގެންދަން ފުލުހުންގެ ޚިދުމަތުން ވަނީ މަޖިލީހުގެ އިދާރާ އަށް އަންގާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން