ރިޔާސީ އިންތިހާބު 2023 ގެ ޝަކުވާ ބަލައިގަތުމަށް، އަތޮޅުތެރޭގައި ޤާއިމްކުރާ ކޮމްޕްލެއިންޓްސް ބިއުރޯތައް މާދަމާ ޤާއިމްކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރިޔާސީ އިންތިހާބު 2023 ގެ ޝަކުވާ ބަލައިގަތުމަށް، މާލޭގައި ގާއިމްކޮށްފައިވާ ނޭޝަނަލް ކޮމްޕްލެއިންޓްސް ބިއުރޯގެ އިތުރުން، އައްޑޫ ސިޓީ، ފުވައްމުލަކު ސިޓީ، ކުޅުދުއްފުށި ސިޓީ ކޮމްޕްލެއިންޓްސް ބިއުރޯ އާއި، ކޮންމެ އަތޮޅެއްގައި އަތޮޅު ކޮމްޕްލެއިންޓްސް ބިއުރޯ، މާދަމާ އިން ފެށިގެން، ގާއިމްވެގެންދާނެކަމަށެވެ.

ކޮމްޕްލެއިންޓްސް ބިއުރޯއަށް ޝަކުވާ ހުށަހަޅާނީ ޝަކުވާ ފޯމުންކަމަށާއި ޝަކުވާ ފޯމު ކޮމްޕްލެއިންޓްސް ބިއުރޯގެ އިތުރުން، ކައުންސިލްތަކުގެ އިދާރާތަކުން ލިބިވަޑައިގަންނަވާނެކަމަށްވެސް އިލެކްޝަނުން ބުނެއެވެ.



ޝަކުވާ ބަލައިގަންނާނީ ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހެއްގެ ހެނދުނު 08:00 ފެށިގެން މެންދުރުފަހު 15:00 އަށް. ހުކުރުދުވަހު ނަމަ 14:00 އިން ފެށިގެން 17:00 އަށްކަމަށްވެސް އީސީން ބުނެއެވެ.

ރިޔާސީ އިންތިހާބުގެ ވޯޓުލުން އޮންނާނީ އަންނަމަހުގެ 9 ވަނަ ދުވަހުއެވެ. މިފަހަރުގެ އިންތިޚާބުގައި ޖުމުލަ 8 ކެންޑިޑޭޓުން ވާދަކުރައްވައެވެ. އެއީ 5 ސިޔާސީ ޕާޓީއަކުން ވާދަކުރައްވާ 5 ކެންޑިޑޭޓަކާއި އަމިއްލަގޮތުން ވާދަކުރައްވާ 3 ކެންޑިޑޭޓެކެވެ.

އަންނަމަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ވޯޓުލުމަށްޓަކައި 574 ވޯޓުލާ މަރުކަޒު ހުންނާނެއެވެ. އަދި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން