ހަފްތާ ބަންދާއި ދިމާކޮށް 'އެލައިޑް ފެސްޓް' ކުރިއަށް ގެންދަން ނިންމާފައިވާކަން އެލައިޑުން ހާމަކޮށްފިއެވެ. މިއީ މިހަރަކާތް ކުރިއަށްދާ ދެވަނަ އަހަރެވެ.

ކުޑަކުދިންނަށް ހާއްސަ އެކި ހަރަކާތްތަކާއިއެކު މި ފެސްޓިވަލް ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހަވީރު 4:00 އިން 6:00 އަށް ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ.

ކުޑަކުދިންނަށް ހާއްސަ މި ފެސްޓިވަލުގައި، މަސް ބޭނުމާއި، ބީން ބޭގް ޓޮސްތަކާއި، ޓްވިސްޓަރސް، އަދި ސްނޭކް އެންޑް ލެޑަރ ފަދަ އެކި ގޭމްތައް ހިމެނޭނެއެވެ. މީގެ އިތުރުން ކުރެހުމާއި، އެކި ކްރިއޭޓިވް އާޓްސް ފާހަގަކުރުމަށް އާޓްސްއަށް ހާއްސަ ހަރަކާތްތަކެއްވެސް ކުރިއަށްދާނެކަމަށް އެލައިޑުން ހާމަކޮށްފައިވެއެވެ.



އެލައިޑް ފެސްޓްގެ ތެރެއިން ބެލެނިވެރިންނަށް އަމާޒުކޮށްގެން ހާއްސަ މައުލޫމާތު ސެޝަންތަކެއް ކުރިއަށްގެންދިއުމަށްވެސް އިންތިޒާމްކޮށްފައިވެއެވެ.

މީގެ އިތުރުން މި ހަރަކާތުގެ ތެރެއިން ހާއްސަ ލަކީ ޑްރޯއެއް ކުރިއަށްގެންދިއުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިލަކީ ޑްރޯއިން ގުރުއަތުން ހޮވޭ ނަސީބުވެރި ތިން ފަރާތަކަށް ހާއްސަ ހަދިޔާތަކެއް ލިބުމުގެ ފުރުސަތު ލިބިގިގެންދާނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން