އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްދާ ނ. ކުޑަފަރީ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިމަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ އޮގަސްޓް 24 ވަނަ ދުވަހުކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

އެމްޓީސީސީން ބުނީ މިމަޝްރޫޢުގެ ދަށުން މިހާރު ކުރިއަށްދަނީ ފަތާ ސަރަޙައްދު ފުންކުރުމުގެ މަސައްކަތްކަމަށެވެ. މި މަޝްރޫޢުގެ ދަށުން، 610 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓެއް ޖެހުމުގެ އިތުރުން 220 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް އެމްޓީސީސީން ހާމަކޮށްފައިވެއެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ، އެންޑް އިންފްރާސްޓްރަކްޗާއިން އެމްޓީސީސީ އާއި ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫޢަކީ 17.84 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން