ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރްމާން މަލިކް އެންގޭޖްވެއްޖެއެވެ.

އަރްމާން އެންގޭޖްވީ ލޯބިވެރިޔާ އާޝްނާ ޝްރޯފްއާއިއެވެ. އާޝްނާއަކީ މީސް މީޑިއާގައި ފެޝަން އިންފްލުއެންސާއެއްގެ ގޮތުގައި ހަރަކާތްތެރިވާ މީހެކެވެ. އޭނާއަށް 947 ހާހަށްވުރެ ގިނަ މީހުން ފޮލޯ ކުރެއެވެ.



އެންގޭޖްމަންޓް އަނގޮޓިއެއްގެ ގޮތުގައި އަރްމާން އާޝްނާއަށް ހަދިޔާ ކުރީ އަގުހުރި ޖަވާޙިރެއް ހަރުކޮށްފައިވާ އަނގޮޓިއެކެވެ.

ހޯމަ ދުވަހުގައި އިންސްޓަގްރާމް އެކައުންޓަށް އެންގޭޖްމަންޓް ފޮޓޯތައް ދޫކުރުމުން، ވަރުން ދަވަން އަދި ޓައިގާ ޝްރޯފް، އިޝާން ކައްތަރް އާއި ރީއާ ޗަކްރަބޮތީ ފަދަ ތަރިން ވަނީ މި ދެމީހުންނަށް މަރުހަބާ ކިޔާފައިއެވެ.

އަރްމާން ވަނީ އޭނާގެ އަޑުން 'ބޯލް ދޯ ނާ ޒަރާ'، 'ޖަބް ތަކް' ފަދަ ތަފާތު ކާމިޔާބު ލަވަތައް ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން