ފޮޓޯ: ބެންގްކޮކް ޕޯސްޓް
ފޮޓޯ: ބެންގްކޮކް ޕޯސްޓް
ބޮޑު މުސާރަ ދޭނެކަމަށް ބުނެ، ރާއްޖެ ގެނަސް ދެ އަންހެނަކު ލައްވާ ހަށިވިއްކުވި މައްސަލައެއްގައި އުމުރުން 29 އަހަރުގެ ތައިލޭންޑް އަންހެނަކު ހައްޔަރުކޮށްފި ކަމަށް އެ ގައުމުގެ ނޫހަކުން ރިޕޯޓްކޮށްފިއެވެ.

މިމައްސަލައިގާ ހައްޔަރުކުރި ޕެޗަނަން ނަމަކަށް ކިޔާ މި އަންހެންމީހާއާއި ހަށިވިއްކުވި ދެ އަންހެނުންނާ ދިމާވީ އެފްބީންނެވެ. އެފްބީގައި ކުރެވުނު މުއާމަލާތްތަކުގައި އޭނާ ބުނި ކަމަށްވަނީ އޭނާ ރާއްޖެއިން ހޯދައިދޭ ވަޒީފާއަކީ މަހެއްގެ މައްޗަށް 2849 ޑޮލަރު ލިބޭ ވަޒީފާއެއް ކަމަށެވެ.

މި ދެ އަންހެނުން ރާއްޖެ ގެނައީ ރާއްޖޭގެ މަސާޖް ޕާލަރއެއްގައި މަސައްކަތް ކުރުމުގެ ނަމުގައި ކަމަށް އެމީހުން ރާއްޖޭގައި ހުންނަ ތައިލޭންޑްގެ އެމްބަސީއަށް މައުލޫމާތު ދީފައިވާ ކަމަށް މީޑިއާ ރިޕޯޓުގައި ބުނެއެވެ. އޭގެ ބަދަލުގައި އެމީހުންލައްވާ ކުރުވި މަސައްކަތަކީ ހަށިވިއްކުން ކަމަށްވެސް އެ ދެ އަންހެނުން ބުނެފައިވެއެވެ.

އެމްބަސީގެ އެހީގައި މިހާރު އެ ދެމީހުން އަނބުރާ ގައުމަށް ފޮނުވާލާފައިވާ ކަމަށާއި އެ މީހުން ރާއްޖެ ގެނައި އަންހެންމީހާ ތައިލޭންޑް ފުލުހުން ވަނީ އިއްޔެގެ ވަގުތެއްގައި ހައްޔަރުކޮށްފައި ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އެގޮތުން، ޕެޗަނަން ހައްޔަރުކޮށްފައިވަނީ އެއާޕޯޓް ތެރެއިން ކަމަށް މީޑިއާ ރިޕޯޓްގައި ބުނެފައިވެއެވެ.

ތައިލޭންޑް ފުލުހުންގެ ސްޕެޝަލް އޮޕަރޭޝަންސް ޑިވިޝަން 5 އިން ދަނީ މި މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން