އައްޑޫ ސިޓީގެ ތަރައްގީއަށް އަޅާނުލާ އޮތް އޮތުން މާޒީވެއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

އަލީ ޒާހިރު މިހެން ވިދާޅުވީ އައްޑޫ ސިޓީގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ކުރެއްވި ޓްވީޓެއްގައެވެ.

އަލީ ޒާހިރުގެ ޓްވީޓްގައި ވަނީ އައްޑޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރެއިން މަގު ހެދުމުގެ މަޝްރޫޢުގެ މައުލޫމާތު ހިމެނޭ ވީޑިއޯއެއް ހިއްސާކުރަށްވައިފައެވެ.

އަލީ ޒާހިރު ވިދާޅުވީ އައްޑޫގެ 124 ކިލޯ މީޓަރުގެ މަގު ހެދުމުގެ މަސައްކަތް ދަނީ ނިމެމުންކަމަށެވެ. އަދި ރައީސް ސާލިހުގެ ޒައާމަތާއެކު އައްޑޫގެ ތަރައްގީއަށް އަޅާނުލާ އޮތް އޮތުން މާޒީވެ ނިމިއްޖެކަމަށް އަލީ ޒާހިރު ވިދާޅުވިއެވެ.



އައްޑޫގެ މަގު ހެދުމަށް ސަރުކާރުން ދަނީ 1.3 ބިލިއަން ރުފިޔާގެ މަޝްރޫޢެއް ހިންގަމުންނެވެ. އެ މަޝްރޫޢުގެ ދަށުން އައްޑޫގެ ހުރިހާ ރަށެއްގައި މަގު ހެދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މަގު ހެދުމުގެ އިތުރުންވެސް އެ ސިޓީގެ ތަރައްޤީއަށް ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ހިންގަވަމުންނެވެ. މީގެއިތުުރުން މިފަހަރު ވެރިކަންކުރާ ޕާޓީގެ ރިޔާސީ ކެނޑިޑޭޓްގެ ރަނިންމޭޓަކަށްވެސް ހަމަޖައްސާފައިވަނީ އައްޑޫ ބޭފުޅެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން