އަހުމަދު މަސްނޫމް   30 އޯގަސްޓު 2023 - 22:7
އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. ތިނަދޫއަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް ދަންނަވައިފިއެވެ.

ރައީސް ސާލިހު ތިނަދޫއަށް ވަޑައިގެންނެވީ ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅަށްފަހުއެވެ.

ރައީސް ސާލިހު ރިޔާސީ ކެމްޕެއިނަށް ތިނަދޫއަށް ވަޑައިގަތުމުން އެ ރަށުގެ ކުދި ބޮޑު ގިނަ ބަޔަކު ވަނީ އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ބަނދަރު ސަރަހައްދަށް ނިކުމެފައެވެ.



ރައީސް ސާލިހު ވަނީ އެ މަނިކުފާނަށް މަރުހަބާ ދަންނަވަން ނިކުތް މީހުންނާއި ސަލާން ކުރެއްވުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރަށްވާފައެވެ.

ތިނަދޫއަށް ކުރައްވާ ދަތުރުފުޅުގައި އެ ރަށުގައި ސަރުކާރުން ހިންގާފައިވާ ތަރައްޤީގެ ބައެއް މަޝްރޫޢުތަކުގެ ނިމުން ފާހަގަކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން