އަހުމަދު މަސްނޫމް   30 އޯގަސްޓު 2023 - 23:54
ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިރޭ އިއުލާންކުރައްވާނެކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދޭން ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އިއުލާންކުރައްވާނީ މިރޭ ތިނަދޫގައި ބާއްވާ ރިޔާސީ ކެމްޕެއިންގެ ޖަލްސާގައެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ރައީސް ސާލިހު މިވަގުތު ހުންނެވީ ގދ. ތިނަދޫގައެވެ. އަދި މިރޭ އެ ރަށުގައި ކެމްޕެއިންގެ ބޮޑު ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

ތިނަދޫ އަށް ސިޓީއެއްގެ ދަރަޖަ ދެއްވާނެ ކަމަށް ރިޔާސީ އިންތިހާބު ޕްރައިމަރީގައި ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.

ތިނަދޫ ކައުންސިލް މެމްބަރަކު ވިދާޅުވީ ތިނަދޫއަށް ސީޓީ އެއްގެ ދަރަޖަ ދެއްވާނެކަން ރައީސް ސާލިހު މިރޭ އިއުލާންކުރައްވާނެކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ގާނޫނު އޮންނަ ގޮތުން ސިޓީއެއްގެ ދަރަޖަ ދެވެނީ އާބާދީގައި 10،000 މީހުން ހަމަވުމުންނެވެ. ނަމަވެސް ތިނަދޫގެ އާބާދީއަކީ 8000 އެވެ. ނަމަވެސް ޤާނޫނަށް ގެންނަންޖެހޭ ބަދަލުތައް ގެނެސްގެން އެކަން ސަރުކާރަށް ކުރެވޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން