ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ގދ. ތިނަދޫ ފެނަކަ އިންޖީނުގެ ހުޅުއްވައިދެއްވައިފިއެވެ.

ތިނަދޫ އައު އިންޖީނުގެއަކީ ކުރިޔަށްވުރެ ޖާގަ ތަނަވަސް އަދި ބޭނުންވާ އިތުރު ވަޞީލަތްތަކާއެކު ތަރައްޤީކޮށްފައިވާ އިންޖީނުގެއެވެ. އެގޮތުން އައު އިންޖީނުގޭގައި ސްޓޯރިންގ ކެޕޭސިޓީގެ އިތުރުން، ޓޫލްސް ރޫމަކާއި، ބަދިގެ، އިންޖީން ރޫމް، ސްޓާފް އޭރިއާ ކޮންޓްރޯލް ރޫމް، އަދި ވޯރކް ޝޮޕެއްގެ އިތުރުން ކޮންފަރެންސް ރޫމެއްވެސް ހިމެނެއެވެ.

އާންމު ފަރުދުންނަށް އުނދަގޫ ނުވާނެހެން، މީހުން ދިރިއުޅޭ ސަރަހައްދާ ދުރުގައި ގާއިމުކޮށްފައިވާ އައު އިންޖީނުގޭގެ ކެޕޭސިޓީ އިތުރުކޮށް ފެންވަރު ރަނގަޅު ހިދުމަތެއް ދެވޭނެ ކަމުގެ އުންމީދު ފެނަކައިން ވަނީ ކަށަވަރުކޮށްދީފައެވެ. އެގޮތުން ކުރީގެ އިންޖީނުގޭގެ ކެޕޭސިޓީގައި 5 މެގަވޮޓު ހިމެނޭއިރު، ރައީސުލްޖުމްހޫރިއްޔާ މިއަދު ހުޅުއްވައިދެއްވި ތިނަދޫ އައު އިންޖީނުގޭގެ ކެޕޭސިޓީއަކީ 7.6 މެގަވޮޓް ކެޕޭސިޓީގެ އިންޖީނުގެއެކެވެ.

ރައީސުލްޖުމްހޫރިއްޔާ ތިނަދޫގެ އައު އިންޖީނުގެ ހުޅުއްވައިދެއްވައިފައިވަނީ އެމަނިކުފާނު މިއަދު ގދ. ތިނަދުއަށް ކުރެއްވި ދަތުރުފުޅުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން