ކުރިއަށް އޮތް ފަސް އަހަރު ތެރޭގައި ރާއްޖެއަށް ކުޅިވަރުގެ ދާއިރާއިން އިތުރު ކުރިއެރުންތައް ލިބިގެންދާކަމަށް ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

ކުޅިވަރާއިބެހޭ ވަޒީރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުޅިވަރުގެ ދާއިރާއަށް މިދިޔަ ފަސް އަހަރަކީ ކާމިޔާބު ފަސް އަހަރުކަމަށެވެ. އެގޮތުން ސަރުކާރުން ކުރި މަސައްކަތާއެކު ކުޅިވަރުތަކުން ޒުވާނުންނަށް ފުރުސަތު ފަހިކޮށްދީ، ބައިނަލްއަގުވާމީ މުބާރާތްތަކާ ހަމައަށް ދެވިފައިވާކަން މަހްލޫފް ފާހަގަކުރެއްވިއެވެ.

މަހްލޫފް ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރު އިތުރު ކުރިއެރުންތަކާއިއެކު މުޅި ރާއްޖެއަށް ހުޅުވާލެވޭ ފުރުސަތުތައް ފަހިވެގެންދާނެކަމަށެވެ.



ސަރުކާރުން ފާހަގަކުރާގޮތުގައި ރާއްޖޭގެ ކުޅިވަރު ކުރިއެރުވުމަށް ރައީސް ސާލިހު ވަރަށް ބޮޑު އިސްކަމެއްދެއްވައެވެ. އެގޮތުން ރާއްޖޭގެ ކުޅިވަރަށް އިންގިލާބީ ބޮޑު ބަދަލެއް އެއްވެސް ކުޅިވަރަކުން ތަފާތުނުކޮށް ގެނެސްދެމުންދާކަމަށް ކުޅިވަރު ކުޅުންތެރިންނާއި އެކަންކަމުގައި ހަރަކާތްތެރިވާ އޮފިޝަލުން ފާހަގަކުރެއެވެ.

ކުޅިވަރާއިބެހޭ ވުޒާރާއިން ފާހަގަކުރައްވާ ގޮތުގައި މިއަދު ކުޑަ ރަށެއް، ބޮޑު ރަށެއް ތަފާތު ކުރުމެއް ނެތި ގިނަ މަސައްކަތްތަކެއް ރަށްރަށުގައި ދަނީ ކުރިއަށްގެންދަމުންނެވެ. އަދި މަސައްކަތްތައް މަޑުޖެހިފައިވާ ރަށްރަށުގެ މަސައްކަތްވެސް އިތުރަށް ބާރު އަޅައިގެން އަވަސްކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.

ކުޅިވަރަށް އިންގިލާބީ ބަދަލުތަކެއް ގެންނަމުންދާއިރު، ރާއްޖޭގެ ރަށެއްގައި ފުރަތަމަ ފަހަރަށް އަައުޓްޑޯ ހޭންޑްބޯލް ކޯޓެއްވެސް ޤާއިމްކުރީ މި ސަރުކާރުންނެވެ. އަދި ސައިޒުން ބޮޑު ޓާފް ދަނޑުތައްވެސް ރަށްރަށުގައި ފުރަތަމަ ފަހަރަށް ޤާއިމްކުރަން ފެށީވެސް މި ސަރުކާރުންނެވެ. މީގެެއިތުރުން ގިނަ ރަށްތަކެއްގައި މަލްޓިޕާޕަސް އިންޑޯ ހޯލްތައް ތަރައްޤީކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރައްވަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން