ދެވަނަ ދައުރަކަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު އިންތިހާބުކުރުމަށް ތިނަދޫ ރައްޔިތުން ތިބީ ކެތްމަދުވެފައިކަމަށް ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް ވިދާޅުވެއްޖެއެވެ.

ސަނީފް މިހެން ވިދާޅުވީ ތިނަދޫގައި މިރޭ ބޭއްވި ރައީސް ސާލިހުގެ ރިޔާސީ ކެމްޕެއިންގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ސަނީފް ވިދާޅުވީ ތިނަދޫ ގޭގެއަށް ދިއުމުން ރައީސް ސާލިހަށް ދެވަނަ ދައުރެއް ދޭންޖެހެނީ ކީއްވެތޯ ބައެއް ބޭފުޅުން ސުވާލުކުރަމުންދާކަމަށެވެ. އަދި ސަނީފް ވަނީ ރައީސް ސާލިހަށް ވޯޓް ދެއްވަންޖެހޭ ބައެއް ސަބަބުތައް ވިދާޅުވެދެއްވާފައެވެ.



"ފެނުގެ ކެޕޭސިޓީ ދެގުނަ ކުރެވިއްޖެ ނި ދައުރުގެ ތެރޭގައި. 2 ސްކޫލެއްގެ ދެ އިމާރަތް ގާއިމްކުރެވިއްޖެ. ސްޓޯމް ވޯޓަރ ޕްރޮޖެކްޓެއް ހިންގިއްޖެ ފެން ތަގައްޔަރުވުމުގެ މައްސަލަ ހައްލުކުރަން" ސަނީފް ވިދާޅުވިއެވެ.

ސަނީފް ވިދާޅުވީ މިސަރުކާރުންވެސް ތަރައްގީގެ ގިނަ މަޝްރޫއޫތަކެއް ހިންގަވާފައިވާއިރު އެއީ ތިނަދުއަށް މުޅިންވެސް ބޭނުންތެރި މަޝްރޫއޫތަކެއް ކަމަށެވެ.

ސަނީފް ވިދާޅުވީ އެހެން ކެންޑިޑޭޓަކު ތިނަދޫއަށް ކޮށްދޭނެ އިތުރު މަސައްކަތެއް ނެތްކަމަށެވެ. އަދި މި ސަރުކާރުން ތިނަދޫއަށް ބޭނުންވާ ހުރިހާ މަސައްކަތް ކޮށްދީފައިވާކަމަށާއި، ތިނަދޫ ރައްޔިތުން ތިބީ ރައީސް ސާލިހަށް ދެވަނަ ދައުރެއް ދެއްވަން ކެތްމަދުވެފައިކަމަށްވެސް ސަނީފް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން