ދުނިޔޭގެ އެކިކަންކޮޅުތަކަށް ރޭ "ބްލޫ މޫން" ފެނިއްޖެއެވެ.

"ބްލޫ މޫން" އޭ ކިޔަސް ހަނދު ނޫ ކުލަޔަކުން ނުފެންނާނެ އެވެ. ބްލޫ މޫން އަކީ މަހަކު ދެ ފަހަރު ފުލް މޫން ފެނުމަށް ސައިންސްވެރިން ދީފައިވާ ނަމެކެވެ. ރޭ ފެނުނު ހަނދު އަލިގަދަ ވެފައި އެހެން ރޭތަކަށް ވުރެ ބޮޑެވެ. އެގޮތުން ހަނދު އާންމު ގޮތަކަށް ފެންނަ ވަރަށް ވުރެ ބޮޑުކޮށް އުޖާލާކޮށް ރޭ ދުނިޔޭގެ އެކިކަންކޮޅުތަކަށް ވަނީ ފެނިފައެވެ.

ރޭ ފެނުނު "ބުލޫ މޫން" ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ ބަޔަކު ވަނީ ބަލާފައެވެ. މިއީ 2009 ވަނަ އަހަރަށް ފަހު "ބުލޫ މޫން" އެއް ފެނުނު ފުރަތަމަފަހަރު ކަން ފާހަގަކޮށްލެވެއެވެ. ސައިންސްވެރިން ލަފާކުރާގޮތުގައި ދެން އެފަދަ "ބުލޫ މޫން" އެއް ފެންނާނީ 2037 ވަނަ އަހަރުއެވެ. ބްލޫ މޫން އުފެދެނީ އަހަރެއްގެ ތެރޭގައި ދުވަސްތަކުގެ އުސޫލުން އާންމުކޮށް 12 ފުރިހަމަ ހަނދުގެ ބަދަލުގައި 13 ފުރިހަމަ ހަނދު ހުރުމުންނެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން ބުދަ ދުވަހު ނުވަތަ ބުރާސްފަތި ދުވަހު ވެސް ހަނދުގެ މި ރީތި ހިއްގައިމު މަންޒަރު ފެންނާނެއެވެ. އިނގިރޭސިވިލާތުގައި މި މަންޒަރު ބަލަން އެންމެ ރަނގަޅު ވަގުތަކީ ބުރާސްފަތި ދުވަހުގެ ހެނދުނުގެ ވަގުތެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން