ފޮޓޯ މިހާރު
ފޮޓޯ މިހާރު
ގދ. ތިނަދޫއާއި ކުޅުދުއްފުއްޓާއި ފުވައްމުލަކު ސިޓީ އަދި ސިޓީ ހިމެނިގެން ހިންގާ މަޝްރޫއެއްގެ ތެރޭގައި ހިމެނިގެން ކޮންމެ ސިޓީއެއްގައި 500 ފުލެޓް އެޅުމަށް ނިިންމާފައިވާކަން ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙު ރޭ އިއުލާން ކުރަށްވައިފިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރެއިން ގދ. ތިނަދޫގައި ރޭ ބޭއްވި އުފާވެރި އަމާންރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ރައީސުލްޖުމުހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ, ރާއްޖޭގެ އިކޮނޮމިކް ކައުންސިލުން ތިނަދޫގެ ފަޅު ތެރޭގައި ހަދަން ނިންމާފައިވާ އިންޓަގްރޭޑެޓް ޓޫރިޒަމް ޒޯން ތަރައްގީވެގެންދާއިރު އެ ރަށުގެ ބިން އިތުރަށް ހިއްކާނެ ކަމަށެވެ. އަދި ތިނަދޫގައި މިހާރު އަޅަމުންދާ 200 ހައުސިންގ ޔުނިޓުގެ އިތުރުން އެރަށުގައި 500 ފުލެޓް އަޅުއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެގޮތުންް މިއަދު އެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މި މަޝްރޫއަކީ ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީ ހިމަނައިގެން ކުރިއަށް ގެންދާނެ ޕްރޮޖެކްޓެއްކަމަށެވެ.

މީގެ އިތުރުން ރައީސް ސާލިޙު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ ކާޑެއްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުކުރުން ކަމަށެވެ. އަދި އިންޓަރގްރޭޓެޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓާއެކު ކާޑެއްދޫ އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ބަދަލުނުކުރެވޭނަމަ، ތިނަދޫގައި އިންޓަރނޭޝަނަލް އެއަރޕޯޓަކާއި، ގއ. ވިލިނގިލީގައި އިންޓަރގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ޕްރޮޖެކްޓަކާއެކު އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްގީކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ފުރަތަމަ ވިސްނުމަކީ ކާޑެއްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެދުން. އެކަން މި ޕްލޭންގައި އޮތްގޮތަށް ނުކުރެވޭނަމަ ބަލާކަށް ނުތިބޭނަން. އެނގިވަޑައިގަންނަވާ މިދިޔަ ހަފްތާގައި އިކޮނަމިކް ކައުންސިލުން ވާނެ މުހިންމު ދެކަމެއް ނިންމާފައި. އެއްކަމަކީ ތިނަދޫގެ ފަޅުތެރޭގައި އިންޓަގްރޭޓެޑް ޓުއަރިޒަމް ޒޯނެއް ތަރައްގީކުރުން. އެއާއެކީގައި ކާޑެއްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ނުވާކަމުގައިވާނަމަ އިރާދަކުރެއްވިއްޔާ މި ޕްރޮޖެކްޓާއެކީގައި މިތަނުގައި އިންޓަރނޭޝަނަލް އެއަރޕޯޓެއްގެ ހިދުމަތް ލިބެންފަށާނެ." ރައީސް ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ ތިނަދޫގެ ޓާޝިއަރީ ހޮސްޕިޓަލާއި ކޮމާޝަލް ބަނދަރުގެ މަސައްކަތް ނިމި، ކަސްޓަމްސް އާއި އެމްޕީއެލް އާއި އިމިގްރޭޝަންގެ ހިދުމަތް ވެސް ފެށުމާ އެކު އެ ރަށަށް ހީނުކުރާ ވަރުގެ ކުރިއެރުމެއް ލިބިގެންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ސިޓީއެއްގައި ހުންނަން ޖެހޭ ހުރިހާ ހިދުމަތެއް އެ ރަށުގައި ފުރިހަމަ ވާނެ

ކަމަށް ރައީސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން