އައްޑޫ ސިޓީ ހިތަދޫ ބަނދަރުގެ ބޭރުތޮށިލުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ ދަށުން ކުރިއަށްދާ މަސައްކަތްތަކުގެތެރެއިން ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް ފަށަން ތައްޔާރުވެއްޖެއެވެ.

މިމަޝްރޫޢުގެ މަސައްކަތް ކުރިއަށްގެންދާ އެމްޓީސީސީން ބުނީ މިހާރު ވަނީ އެއްގަމުތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މަސައްކަތު ސައިޓަށް ގެންގޮސް ތޮށިލުމަށް ތައްޔާރުވެފައިކަމަށެވެ.

މި މަޝްރޫޢުގެ ދަށުން، 5.88 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ވެސް ހިއްކާނެއެވެ. މިހާރުވެސް ވަނީ ބިން ހިއްކުމުގެ މަސައްތުން ބޮޑުބައެއް ނިމިފައެވެ. އަދި މީގެ އިތުރުން 419 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 270 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 728 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 5455 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުންވެސް މި މަޝްރޫއުގެ މަސައްކަތްތަކުގެތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން ސޮކޯ އޭޕްރަނެއް ހެދުމާއި، 12 މީޓަރު ދިގު 12 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 10 މީޓަރު ދިގު 96 މީޓަރު ފުޅާ ބްރިޖެއް ހެދުމުގެ މަސައްކަތް ވެސް ހިމެނެއެވެ.

މިއީ 130.26 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން