އެމްޑީޕީ ސަރުކާރުން ކޮށްދީފައިވާ މަސައްކަތްތަކާއި މެނިފެސްޓޯގައިވާ ބައެއް ކަންތައްތައް ކޮޕީކޮށް ބަދަލު ގެނެސްގެން އަމިއްލަ އެއްޗަކަށް ހަދައިގެން ބޭނުންކުރަމުންދާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ފާދިއްޕޮޅަށް މިހާރު ކުރަށްވަމުން ގެންދަވާ ކެމްޕެއިން ދަތުރުފުޅުގައި އޮޅުވެލިފުށި ރައްޔިތުންނާ ބައްދަލުކުރަށްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ވިދާޅުވީ ސަރުކާރު މުވައްޒަފުންނަށް ރޯދަ މަހުގެ ފަހު 10 ގައި ގެއިން މަސައްކަތް ކުރެވޭނެ ގޮތަށް ފަހިކޮށްދިނުމުގެ ޚިޔާލަކީ އެމްޑީޕީ މެނިފެސްޓޯގައި ހިމަނާފައިވާ ކަމެއް ކަމަށެވެ. އެމްޑީޕީން އެކަން އިޢުލާން ކުރިފަހުން ޕީޕީއެމް-ޕީއެންސީގެ ކެންޑިޑޭޓް ވަނީ ރޯދަ މަހުގެ ފަހު ދިހައިގައި ސަރުކާރު ބަންދުކޮށްލަން ވައުދުވެފައި ކަމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

"އެއްޗެއް ބުނާއިރަށް، އެ ކުޑަކޮށް ބަދަލުކޮށްފައި ދެން ބުނަމުން އެ ދަނިީ. އެއް ރަށަކަށް އަރާފައި އެބަ ވިދާޅުވޭ، 1،200 މީޓަރުގެ އެއާޕޯޓެއް އަޅާނަމޭ. ބުނާއިރު އަސްލަމް އެ ރަށުގައި އެބަ އަޅުއްވާ 1،600 މީޓަރުގެ އެއާޕޯޓެއް. ރަހުނެއް ނެތި އެސްއެމްއީ ލޯންތައް އެއީ މިހާރުވެސް ކުރަމުންދާ ކަމެއް. އަނެއް ކެންޑިޑޭޓަކު އަރާ އެ ވިދާޅުވަނީ ތިމަންނަމެންގެ ވެރިކަމެއްގައި ރަހުނެއް ނުބާއްވާ ލޯން ދޭނަމޭ. މިއީ މިހާރުވެސް ކުރަމުންދާ ކަމެއް،" މެނިފެސްޓޯއިން ކޮޕީކޮށްފައިވާ ބައެއް ކަންކަން ފާހަގަ ކުރަށްވަމުބް ރައީސް ޞާލިޙު ވިދާޅުވިއެވެ.

ރައީސް ޞާލިޙު ވިދާޅުވީ އެމްޑީޕީ މެނިފެސްޓޯއަށްވުރެ ތަފްސީލީ އަދި ރައްޔިތުންނަށް ފައިދާކުރުވަނިވި މެނިފެސްޓޯއެއް އެއްވެސް ފަރާތަކަށް ތައްޔާރުކުރެވިފައި ނުވާ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ. އަދި އޮޅުވެލިފުށިން ބޮޑު އަޣުލަބިއްޔަތެއްގެ ވޯޓު ހޯއްދެވުމުގެ އިތުރަށް އިންތިޚާބުވެސް އެއްބުރުން ކާމިޔާބު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވާފައިވެއެވެ.

"ތިޔަ ބޭފުޅުންނަށް ޓެސްޓް ކުރެވިފައި ހުރި މީހެއް އަޅުގަނޑު މިއީ، އަޅުގަނޑަށް ޔަގީން އޮޅުވެލިފުށިން ބޮޑު އަޣުލަބިއްޔަތެއް ނެގޭނެކަން." ރައީސް ޞާލިޙު ވިދާޅުވިއެވެ.

އޮޅުވެލިފުށީގައި ޒަމާނީ ފެންވަރަށް ތާރު އަޅައި މަގުތައް ހަދައި، ހެލްތު ސެންޓަރ 24 ގަޑިއަރަށް ބަދަލުކޮށް، މިސްކިތް ގާއިމުކުރާނެ ކަމަށް ރައީސް ވައުދުވެ ވަޑައިގަތެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން