ފޮޓޯ: ޕޮލިސް މީޑިއާ
ފޮޓޯ: ޕޮލިސް މީޑިއާ
އައްޑޫ ސިޓީގައި ބަނގުރާ ކައްކަން އުޅުނު ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އައްޑޫ ސިޓީން ހައްޔަރުކޮށްފައިވަނީ ތިން ދިވެހި ފިރިހެނުން ކަމަށެވެ. ބުދަ ދުވަހުގެ ރޭ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަނުން ފޭދޫގައި ހިންގި މި އޮޕަރޭޝަނަކީ ފޭދޫ ގެއެއްގެ ގޯތިތެރޭގައި ބަނގުރާ ކައްކާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުނެފައި ވެއެވެ.

އެ އޮޕަރޭޝަނުގައި، އެ ގޯތިތެރެ ބަލައިފާސްކުރިއިރު ބަނގުރާ ކަމަށް ބެލެވޭ އެއްޗެއްހުރި 5 ލިޓަރުގެ ތިން ފުޅިއާއި، 7 ހަން އަދި ބަނގުރާ ކެއްކުމަށް ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި މައްސަލައާއި ގުޅިގެން 20 އަަހަރުގެ މީހަކާއި 25 އަހަރުގެ މީހެއްގެ އިތުރުން 33 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މިހާރު ގަން ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ ތަހުގީގުކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން