މާލޭގައި ޣައިރު ދީނުގެ ކަންތައްތަކެއް ދަސްކޮށްދޭ ކްލާސްތަކެއް ބާއްވަން އުޅުނު ހިންދޫ ދީނުގެ ފާދިރީއަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ޑރ. ގަނޭޝް ޑުބޭ ނަމަކަށް ކިޔާ އިންޑިއާ މީހެކެވެ.

މި މަހުގެ 29 އިން ފެށިގެން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި އޭނާ ބާއްވަން އުޅުނު ކްލާސްތަކާއިބެހޭ މައުލޫމާތު ވަނީ ސޯޝަލް މީޑިއާގައިވެސް ދައުރުކޮށްފައެވެ.



ފުލުހުން ބުނީ އެ މީހާއާއި އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލަންޖެހޭ ކަންކަން ބަލަމުންދާކަމަށެވެ. އަދި, މިއީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަމުގެ ގާނޫނާ ހިލާފު ކަމަކަށްވާތީ ކަމާ ގުޅުން ހުރި އިދާރާތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

އިސްލާމިކް މިނިސްޓަރު އަހުމަދު ޒާހިރުވެސް ވަނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި އެ މައްސަލަ ބަލައި ފިޔަވަޅު އެޅުމަށް މިނިސްޓަރ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

މީގެކުރިންވެސް މާލޭގައި މިފަދަ ހަރަކާތްތައް ބާއްވަން މަސައްކަތްކުރި ބައެއް މީހުން ވަނީ ހައްޔަރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން