އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަނާ 2-2 އިން އެއްވަރުވެ ޓޭބަލްގެ ތިން ވަނައަށް އަރަން ލިބުނު ފުރުސަތު މެންޗެސްޓާ ޔުނައިޓެޑުން ނަގާލައިފިއެވެ.
ރޭގެ މެޗުން މޮޅުވެގެން ތިން ވަނަ އަށް އެރުމުގެ ފުރުސަތު ޔުނައިޓެޑަށް އޮތް ނަމަވެސް ފަހު ވަގުތު ސައުތެމްޓަނުން ވައްދާލި ގޯލާ އެކު ޔުނައިޓެޑް އޮތީ ކުރިން ވެސް އޮތް މަގާމު ކަމަށްވާ ފަސް ވަނައިގަ އެވެ.
ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑް ގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ގޯލު ޖެހީ ސައުތެމްޓަނުންނެވެ. މެޗުގެ 12 ވަނަ މިނިޓްގައި ޔުނައިޓެޑްގެ ޕައުލް ޕޮގްބާ އަތުން ހެދުނު ގޯހެއްގެ ފައިދާނަގައި ސައުތެމްޓަނަށް ލީޑުނަގައިދިނީ ސްޓުއާޓް އާމްސްޓްރޯންގް އެވެ. ޔުނައިޓެޑުން ވަނީ ގާާތްގާތުގައި ދެ ގޯލު ޖަހައި އެ ޓީމު ކޮޅަށް ނަތީޖާ އަނބުރާލައިފަ އެވެ. މެޗުގެ 20 ވަނަ މިނިޓްގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ މާކަސް ރެޝްފޯޑް އެވެ. އޭގެ ތިން މިނިޓް ފަހުން ލީޑުނަގައިދިން ގޯލު ޖެހީ އެންތަނީ މާޝިއަލް އެވެ.
މެޗްގެ ނަތީޖާ ސައުތެމްޓަނަށް އެއްވަރުކޮށްދިނީ އިތުރު ވަގުތުގެ ހަ ވަނަ މިނިޓްގައި މިކައެލް އޮބަފޭމީ އެވެ. ސައުތެމްޓަނުގެ ޖޭމްސް ވޯޑްޕްރައުސް ނަގައިދިން ބޯޅަ އެ ޓީމުގެ ޔެން ބެޑްރަނެކް ބޮލުން ޖައްސާލުމުން އެ ބޯޅަ ލިބުނީ އޮބަފޭމީ އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ރޭގެ މެޗުގެ ނަތީޖާއާ އެކު ޔުނައިޓެޑުން ބަލިނުވެ 18 މެޗު ހަމަކުރި ނަމަވެސް ތިން ވަނައަށް އަރަން ލިބުނު ރަނުގެ ފުރުސަތު އެޓީމަށް ވަނީ ގެއްލިފައެވެ.
ލީގުގައި ކޮންމެ ޓީމަކަށް ބާކީ ތިން މެޗު އޮތްއިރު ގަދަ ހަތަރެއްގެ ފަހު ދެ ޖާގައިގެ ވާދަވެރިކަން އޮތީ ބޮޑުވެފަ އެވެ. ލީގުގެ ޗެމްޕިއަންކަން ލިވަޕޫލުން ކަށަވަރުކޮށްފައިވާއިރު، މެންޗެސްޓާ ސިޓީން ވަނީ ދެ ވަނަ ޔަގީންކޮށްފަ އެވެ. ތިން ވަނައިގައި އޮތް ޗެލްސީ އަށް 60 ޕޮއިންޓް ލިބިފައިވާއިރު، ހަތަރު ވަނައިގައި އޮތް ލެސްޓާ އާއި ފަސް ވަނައިގައި އޮތް ޔުނައިޓެޑަށް ލިބިފައިވަނީ 59 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު