ޕީޕީއެމް ސަރުކާރަށް ވެރިކަން ހޯދާދިނުމަށްފަހު 2018 ވަނަ އަހަރުގެ ޓޭޕް ރިވައިންޑް ކޮށްލުމުން ފެންނަ އަނިޔާވެރިކަމުގެ ސަބަބުން ޕީޕީއެމަށް މި އިންތިޚާބުގައި ޖުމްހޫރީ ޕާޓީން ތާއީދުނުކުރާނެ ކަމަށް އެ ޕާޓީގެ ލީޑަރ އަދި ރިޔާސީ ކެންޑިޑޭޓް، ގާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީ އިލްހާމް އަޙުމަދު ވިދާޅުވެއްޖެއެވެ.

ރޭ ހުޅުމާލެ ފޭސް 2 ގައި ޖުމްހޫރީ ޕާޓީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އިލްހާމް ވިދާޅުވީ 2018 އަދި 2013 ގައި އެޮތް ވެރިކަން ގެނެސްދިނުމަށް ޖުމްހޫރީ ޕާޓީން މުހިންމު ދައުރެއް އަދާ ކޮށްފައިވާ ކަމަށެވެ. އަދި ޕީޕީއެމް ސަރުކާރުގެ އަނިޔާވެރިކަން އަލުން ގެންނަން ބޭނުން ނުވާ ކަމަށް އިލްހާމް ވިދާޅުވިއެވެ.

ފަހަކަށް އައިސް، ޖޭޕީން އެމްޑީޕީ ސަރުކާރަށް ފާޑު ކިޔަމުންދާތީ، އެ ޕާޓީން ޕީޕީއެމަށް ތާއީދުކުރާ ކަމަށް ބައެއް މީހުން ހީކުރިޔަސް، އެއީ ކުށް ހީއެއް ކަމަށް އިލްހާމް ވިދާޅުވިއެވެ. އަދި އެމްޑީޕީއާއިވެސް މިފަހަރު އެ ޕާޓީން ނުގުޅޭނެ ކަމަށް އިލްހާމް ވިދާޅުވިއެވެ.

"ޕީޕީއެމްއާއި އެއްކޮށް ނޫން އަޅުގަނޑުމެން ތިބީކީ. ޕީޕީއެމްގެ 2018 ގެ ޓޭޕް ރިވައިންޑް ކޮށްލީމަ، ވަރަށް ކަނޑަ. އެއީ މައްސަލައަކީ. 2018 ގެ ޓޭޕް ރިވައިންޑްކޮށްލީމަ، އަނިޔާވެރިކަން. ކިތައް ކަންތައްތަކެއްތޯ ފެންނަނީ. އެ ޓޭޕް ރިވައިންޑް ކުރާކަށް ނެތިން. އެ ހަޔާތް އަޅުގަނޑުމެން ބޭނުމެއް ނޫން." އިލްހާމް ވިދާޅުވިއެވެ.

އަދި ހަމައެއާއިއެކު، ޕީޕީއެމް ސަރުކާރުގައި މީހުން ނުހައްގުން ޖަލަށްލާފައިވާއިރު، އެއާއި ޚިލާފަށް ގާސިމަކީ އަނިޔާވެރިކަމުގެ ސިފައެއް ނެތް ބޭފުޅެއްކަން އިލްހާމް ފާޙަގަކުރެއްވިއެވެ. އޭގެ ބަދަލުގައި ގާސިމަކީ މާތް ﷲގެ މަގުގައި ހޭދަކުރައްވާ ބޭފުޅެއް ކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.

ދެ ވެރިކަމެއް ޓެސްޓްކުރެވިފައިވާއިރު، ތަހައްމަލުކުރަން ޖެހުނު އުނދަގޫ ނަތީޖާ ބަދަލުކުރައްވަން އިލްހާމް އިލްތިމާސް ކުރެއްވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން