ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަކީ ދިވެހި ތާރީހުގައިވެސް ފެންނަންނެތްވަރަށް ދިވެހިރާއްޖޭގައި ތައުލީމް ކުރިއަރުވަން މަސައްކަތްކޮށްފައިވާ ރައީސެއްކަމަށް ދިވެހިރާއްޖޭގެ ކުރީގެ އެޓާނީޖެނެރަލް އަލްއުސްތާޒާ ފާތިމަތު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ދިޔާނާ މިހެން ވިދާޅުވެފައިވަނީ ރިޔާސީ އިންތިހާބުގެ ކެމްޕޭންގެ ތެރެއިން ރޭ ސްރީލަންކާގައި ކުރިއަށްދިޔަ އުފާވެރި އަމާންރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

ދިޔާނާ ވިދާޅުވީ ދީނުގައިވެސް ތައުލީމު އުނގެނުމަށް އިސްކަން ދިނުމަށް ގޮވާލައްވާފައިވާއިރު، ދިވެހި ތާރިހުގައިވެސް މިވީހާތަނަށް ތައުލީމު އުނގެނުމަށް އެންމެ ގިނަ ފުރުސަތު ހޯދައިދީ، ތައުލީމު އުނގެނުމަށް ބާރު އަޅާފައިވަނީ ރައީސް ސޯލިހްގެ ޒައާމަތުގައި ކަމަށް ދިޔާނާ ވިދާޅުވިއެވެ. އެގޮތުން ރިޔާސީ އިންތިހާބަކާއި ކުރިމަތިލާއިރު ތައުލީމަށް ހިދުމަތް ކުރެއްވުމުގެ ރިކޯޑެއް އޮތް ވެރިއެއް ހޮވުމަކީ މުހިންމުކަމެއްކަމަށް ދިޔާނާ ވިދާޅުވިއެވެ.

"ރިޔާސީ އިންތިހާބަކާއި ކުރިމަތި ލާއިރުގައި ތައުލީމަށް ޚިދުމަތް ކުރެއްވި ވެރިއެއް، ތައުލީމަށް ހިދުމަތް ކުރެއްވުމުގެ ރިކޯޑެއް އޮތް ވެރިއެއް އިހުތިޔާރުކުރުން އެއީ އަޅުގަނޑުމެން އެދޭ ގޮތެއް. އެގޮތުން އަޅުގަނޑުމެން ބަލާލާއިރުގައި ދިވެހި ތާރީހުގައިވެސް ފެންނަންނެތްވަރުގެ ޚިދުމަތް ރައީސް ސޯލިހް މިވަނީ ކުރައްވާފައި،" ދިޔާނާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ދިޔާނާ ވަނީ މައިންބަފައިންގެ ޖީބަށްވެސް ލުއިވާނެހެން ރާއްޖޭގައި އަލަށް ތައާރަފްކުރެވުނު ހިލޭ ޑިގްރީ ޕްރޮގްރާމްގެ މަންފާތަކަށް އަލިއަޅުވާލައްވައި، އެމަސައްކަތުގެ އަގު ވަޒަން ކުރެވޭކަން ފާހަގަކުރައްވާފައެވެ.

"އެނގިވަޑައިގަންނަވާނެ، ތާރީހުގައިވެސް އަޅުގަނޑުމެންނަށްނެތް ހިލޭ ޑިގްރީގެ މިޕްރޮގްރާމް ލިބިފައެއް. ފުރަތަމަ ފަހަރަށް އަޅުގަނޑުމެންނަށް ހިލޭ ޑިގްރީގެ ފުރުސަތު މިލިބުނީ. އަޅުގަނޑަށް އޭގެ މަންފާ އަގުވަޒަންކުރެވޭ، އެއީ އަޅުގަނޑުމެން ސްކޫލް ނިމުނު ދުވަސްވަރަކީ ރާއްޖޭގައި ޔުނިވަރސިޓީއެއް ހުރި ދުވަސްވަރެއް ނޫން. އޭރު ސްކޮލަރޝިޕެއް ނުލިބިގެން ނުލިބިގެން މަތީ ތައުލީމް އުނގެނޭނެ ފުރުސަތެއް ނުލިބިގެން ވަރަށް ގިނަ ޒަމާންވަންދެން ނޫސްކިޔާ ކޮންތާކުތޯ ކިޔެވޭނީ ބަލަބަލާ ތިބީން. ނަމަވެސް މިއަދަކު އެހާސްކަމެއްނެތް. ޤައުމީ ޔުނިވަރސިޓީގެ ދޮރު އެހުރީ ހުޅުވިފައި، މައިންބަފައިންގެ ޖީބަށް ބުރަވާކަށް ނުޖެހޭ." ދިޔާނާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަދައްކަވަމުން ދިޔާނާ ވިދާޅުވީ މުޅި ރާއްޖޭގައި ތައުލީމު ކުރިއަރުވަން ރައީސް ސޯލިހް ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައި ކަމަށެވެ. އެގޮތުން މިދައުރުގައި އެކި ރަށްރަށުގެ ސްކޫލްތަކުގައި ވަޞީލަތްތައް އިތުރުކުރުމާއި، ކްލާސްރޫމް ޢިމާރާތް ތަރައްގީކުރުމާއި، އެތަކެއް މަލްޓިޕަރޕަސް ހޯލް ޢިމާރާތް ކޮށްފައިވާކަން ދިޔާނާ ވަނީ ފާހަގަކުރަށްވާފައެވެ.

ރައީސް ސޯލިހުގެ ޒައާމަތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ސްކޫލްތަކުގައި ވަޞީލަތްތައް އިތުރުކުރުމަށް 1,400 އަށްވުރެ ގިނަ ކްލާސްރޫމް ޢިމާރާތާއި، 80 އަށްވުރެ ގިނަ މަލްޓިޕަރޕަސް ހޯލް ޢިމާރާތުގެ މަސައްކަތް ވަނީ ނިންމާފައެވެ. އަދި މި ސަރުކާރުން ވަނީ މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ވެސް މަތީ ސާނަވީއަށް ކިޔެވޭނެ ފުރުޞަތު ފަހި ކޮށްދީފައެވެ.

މީގެއިތުރުން 16,300 އަށްވުރެ ގިނަ ދަރިވަރުން ސަރުކާރުގެ ހިލޭ ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވެފައިވާއިރު، މީގެތެރެއިން 6,500 އަށްވުރެ ގިނަ ދަރިވަރުން ދަސްވެނިވެ، ޑިގްރީ ހިފައިގެން ވަޒީފާގެ މާހަޢުލަށް ވަނީ ނުކުމެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން