ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމަށް އޮތް ތާއީދު ދައްކާލުމަށް ޒުވާނުންތަކެއް އިސްނަގައިގެން ބޮޑު ސައިކަލް ބުރެއް މާލޭގައި ބާއްވައިފިއެވެ.

މިއަދު ހަވީރު ކުރިއަށްދިޔަ ސައިކަލު ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިކަން ފާހަގަކޮށްލެވެއެވެ. އަދި ޖުމްހޫރީ ޕާޓީގެ އިސް ބައެއް ބޭފުޅުންވެސް މި ސައިކަލު ބުރުގައި ބައިވެރިވިއެވެ.

މާލޭގެ ބައެއް ބޮޑެތި މަގުތަކުން ސައިކަލް ބުރު ކުރިއަށްދިޔައިރު، ޒުވާނުންވަނީ ގާސިމްއާ މެދު އެ މީހުންގެ ޝުއޫރުތައް ފާޅުކޮށްފައެެވެ.



ރިޔާސީ އިންތިހާބަށް ހަފްތާއެއްހާ ދުވަސްވެފައިވާއިރު، ޖުމްހޫރީ ޕާޓީން ދަނީ އެ ޕާޓީގެ ހަރަކާތްތައް ވަރުގަދަކުރަމުންނެވެ. އެގޮތުން ޖަގަހަތައް ހުޅުވުމާއި ކެމްޕެއިން ޖަލްސާތައް ބޭއްވުން ވަނީ އިތުރުކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން