އިދިކޮޅު ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުޙައްމަދު މުއިއްޒު ހިންގި ޖަރީމާތައް ރައްޔިތުން ހަދާން ނުނެތޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓްގެ ތަރުޖަމާން މާރިޔާ އަޙުމަދު ދީދީ މިރޭ ވިދާޅުވެއްޖެއެވެ.

އެމްޑީޕީން މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި އުފާވެރި އަމާން ރާއްޖެ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ ކުރީގެ ހައުސިން މިނިސްޓަރު ޑރ.މުހައްމަދު މުއިއްޒު ހިންގެވި ޖަރީމާތައް ރައްޔިތުން ހަދާން ނުނެތޭނެ ކަމަށެވެ.

މާރިޔާ ވިދާޅުވީ 2018 ވަނަ އަހަރާއި ހަމަޔަށް އެލްބޯޑް ޖަހައިގެން ވަޒީރު ކަމުގައި ހުންނަވައިގެންނާއި މާލޭގެ މޭޔަރު ކަމުގައި ހުންނަވައިގެން ހިންގެވި ޖަރީމާތައް މާލޭގެ ރައްޔިތުންނަށް ރަނގަޅަށް އެނގޭނެ ކަމަށެވެ. އަދި އެކަމަނާ އެ ކަންކަމުގެ ވާހަކަ ދައްކަވަން ނުޖެހޭނެ ކަމަށާއި ރައްޔިތުންނަށް އެކަން ސާފުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.

އަދި އެކަމަނާ އެ ކަންކަމުގެ ވާހަކަ ދައްކަވަން ނުޖެހޭނެ ކަމަށާއި ރައްޔިތުންނަށް އެކަން ސާފުވާނެ ކަމަށް މާރިޔާ ވިދާޅުވިއެވެ.



މިޖަލްސާގައި މާރިޔާ ވަނީ މުއިއްޒު ވަޒީރު ކަމުގައި ހުންނަވައިގެންނާއި މޭޔަރު ކަމުގައި ހުންނަވައިގެން ގާނޫނާއި ހިލާފަށް ހިންގެވި ކަމަށް ބުނެ ބައެއް ކަންކަން ހާމަކުރަށްވާފައެވެ.

މީގެ އިތުރުން މާރިޔާ ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުއިއްޒު ހިންގެވި ކޮންމެ މަޝްރޫއެއް ދެ ފަހަރަށް ހިންގަން ޖެހުނުކަމަށެވެ. ޒަމާނީ ހައުސިން ނަމުގައި މުއިއްޒު ދިން ހިޔާފުލެޓްތަކަކީ ގެއްލުމެއް ކަމަށް މާރިޔާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން